14 Sep 2019 | 11:06
ރިޟްވާންގެ މައްސަލައިގެ ރިޕޯޓާއި މެދު މަޖިލީހުން ކަންތައްކުރާ ގޮތާއި މެދު އެއްޗެއް ނުބުނާނަން: ރައީސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި މަރުތަކާއި ގެއްލުވާލާާފައިވާ މީހުންގެ މައްސަަލަތައް ބަލާ ކޮމިޝަނުގެ ރިޕޯޓުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓާއި މެދު މަޖިލީހުން އަމަލުކުރާ ގޮތާއި މެދު އެއްޗެއް ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެކޮޅު ހައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަަވަމުން އެމަނިކުފާނު ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން މަޖިލީހުގައި ކުރާ ކަންކަމާ މެދު އެއްޗެއް ދަންނަވާކަށް ނެތްކަމަށާއި މިއީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްކަމަށެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި މަރުތަކާއި ގެއްލުވާލާާފައިވާ މީހުންގެ މައްސަަލަތައް ބަލާ ކޮމިޝަނުގެ ދެވަނަ ޑްރާފްޓް ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ހިމެނޭ ޕީޖީ ގްރޫޕްތަކުގެ ލީޑަރުންނަށް އަރުވާފައެވެ. މިއާއި އެކު އެ ރިޕޯޓްގައި ހިމެނޭ މައުލޫމާތުތައް ލީކްވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެކަމަކީ ނުވާ ކަމަކަށް މިހާރު ނެހެދޭނެކަމަށާއި އޭގައި ހުރި ބައެއް މައުލޫމާތުތަކަކީ އެ މައުލޫމާތުތައް ހާމަވެއްޖެ ނަމަ ތަހުގީގަށް ހުރަސްތަކެއް އެޅޭނެ ފަދަ މައުލޫމާތުތަކެއް ކަމަށެެވެ.

" އަޅުގަނޑުގެ އެދުމަކީ އެ ހާމަވެގެން ނުދިޔުން"، ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jun 2026
އިއާދަކުރަނިވި ހަކަތައިގެ އިސްލާހީ މަސައްކަތްތަކުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވާނެ
ސަބްސިޑީގެ ނިޒާމާ ގުޅޭގޮތުން އައި.އެމް.އެފް އިން ލަފާދީފައިވަނީ، މިހާރު ހުރި ނިޒާމުތައް މުރާޖައާކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ނާޒުކު އާއިލާތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމަށެވެ. އަދި މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅާއިރު، އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
17 Jun 2026
ޒިދާންގެ ދަރިފުޅު އަލްޖީރިއާގެ ގޯލް ބަލަހައްޓަން އެރިއިރު މާސްކު އެޅީ ކީއްވެ
މިފަހަރުގެ ވޯލްޑްކަޕްގައި މިއަދު އަލްޖީރިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން، ފެނުނީ އަލްޖީރިއާގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައެވެ.
17 Jun 2026
އިރާނުން ޑިމާންޑް ކުރަނީ 300 ބިލިއަން ޑޮލަރުގެ ފަންޑެއް: ރިޕޯޓް
އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން 300 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
17 Jun 2026
ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެ ހުޅުމާލޭ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް؛
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 141 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.
17 Jun 2026
މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި
ހެޓްރިކް ހެދުމުގެ އިތުރުން މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ
17 Jun 2026
ހާލަންޑްގެ މޮޅު ކުޅުމާއެކު ނޯވޭއިން ފަސޭހަކަމާއެކު އިރާގް ބަލިކޮށްފި
މެޗްގައި ތަރިއަކަށްވީ މެންޗެސްޓަރ ސިޓީގެ ފޯވަޑް ހާލަންޑެވެ. އޭނާ ވަނީ މިމެޗްގައި ދެ ލަނޑު ނޯވޭއަށް ކާމިޔާބުކޮށްދީފައެވެ
17 Jun 2026
ސެނެގާލް ބަލިކޮށް ފްރާންސުން ވަރލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފި
މިމެޗްގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ހާފުގައި އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ދައްކާފައެވެ.
16 Jun 2026
ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށައެޅި
އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.