16 Sep 2019 | 16:24
މަސްވެރިކަމާއި ބެހޭ ބިލް ތަސްދީގުކޮށްފި

މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މިބިލަކީ 5 ސެޕްޓެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ޞިނާޢަތް ކުރިއަރުވައި، ތަރައްޤީކޮށް، އެ ޞިނާޢަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާ ބިލެއްވެސް މެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންޖެހެއެވެ. އަދި މަސްވެރިންގެ އިޖްތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމާއި، މަސްވެރިކަމާގުޅޭ ތަޢުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ޙިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުންފަދަ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ޤާއިމުކުރުންފަދަ އައު ކަންތައްތައް މިބިލުގައި ތަޢާރަފުކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗަރ ތަރައްޤީކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ޤާނޫނު، ޤާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އުވިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ