17 Oct 2019 | 15:55
މުސްލިމުންގެ ނަބިއްޔާއަށް ފުރައްސާރަކުރުމަކީ ޔޫރަޕްގައިވެސް އަދަބުދެވޭ ކުށެކެވެ.

މުސްލިމުންގެ މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަކީ ޔޫރަޕިއަން ވެލިއުސްގެތެރޭގައި ކޮންގޮތަކަށް ބަލާކަމެއްކަން ޔޫރަޕިއަން ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެތެރޭގައި ކަނޑައަޅާފައިވެއެވެ.

ޔޫރަޕިއަން ކޯޓް އޮފް ހިއުމަންރައިޓްސްއަށް ހުށަހެޅުނު މިބާވަތުގެ އެއްމައްސަލައަކީ އޮސްޓްރިއާގެ ހައްދުފަހަނައަޅާފައިވާ ވަތަނީ ޕާޓީއެއްކަމަށްވާ ފްރީޑަމް ޕާޓީއަށް ނިސްބަތްވާ އަންހެނަކު 2009 ވަނަ އަހަރު ބޭއްވި ސެމިނަރެއްގައި ކީރިތި މާތްނަބިއްޔާގެ އެންމެ ލޯބިފުޅުވާ އަނބިކަނބަލުން އަދި މުއުމިންތަކުންގެ މައިކަނބަލުން އައިޝާ ރަޟިޔަﷲ އަންހާ ކުރެއްވި ކައިވެނިފުޅާގުޅޭގޮތުން ދެއްކި ނޭދެވޭ ވާހަކަތަކެއްގެ މައްސަލައެކެވެ. މުސްލިމުން ދަށްކޮށްލުމަށްޓަކައި އަދި ކީރިތި މާތްނަބިއްޔާއަށް ފުރައްސާރަކުރުމަށްޓަކައި، އިންސާނީ ހައްގެއްގެ ގޮތުގައި އެއްޖިންސުން ކައިވެނިކުރުމަށް ވަކާލާތުކުރާ އިސްލާމްދީނާ އިދިކޮޅު އަދި އިސްލާމްދީނަށް ނަފްރަތުކުރާ ފަރާތްތަކުން އެންމެ ގަދަޔަށް ދައްކާ ވާހަކައަކީ އައިޝާ ރަޟިޔަﷲ އަންހާއާއި މާތްނަބިއްޔާގެ ކައިވެނިފުޅުގެ ވާހަކަތަކެވެ.

ކޮންމެއަކަސް އޮސްޓްރިއާގެ ކަނާތުފިޔައިގެ ފްރީޑަމް ޕާޓީގެ ރެޕްރެޒެންޓެޓިވަކު ސެމިނަރގައި ދެއްކި ވާހަކަތައް ޔޫރަޕިއަން ހިއުމަންރައިޓްސް ކޯޓަށް ހުށަހެޅުމުން އެކޯޓުން އޭގެ 9 އަހަރު ފަހުން 2018 ވަނަ އަހަރު ނިންމާފައިވަނީ އޮސްޓްރިއާގައި ފްރީޑަމް އޮފް އެކްސްޕްރެޝަންގެ ހައްގު އޮތް ފަދައިން އޮސްޓްރިއާގެ އެހެންދީންތަކަށް ނިސްބަތްވާ މީހުންގެ ރިލިޖަސް ފީލިންގ ޕްރޮޓެކްޓް ކުރެވެންޖެހޭނެކަމަށާއި ދީނީގޮތުން ސުލްހަވެރި އަދި އަމާންކަންވެށްޓެއް ހިމާޔަތްކުރެވިފައި އޮތުމަކީވެސް ހައްގެއްކަމަށް ދެކޭކަމުގައެވެ.

މިމައްސަލަ ފުރަތަމަ ބަލައި ހުކުމްކުރީ ވިއެނާގެ ކޯޓަކުންނެވެ. ހުކުމްކުރީ އެއަންހެން މީހާގެ ދީންތަކަށް އޮންނަ ހުރުމަތް ކަނޑާލާފައިވާތީ ކުށްވެރިވެ އަދަބެއްގެ ގޮތުން 480 ޔޫރޯއިން ޖުރުމަނާ ކުރުމަށެވެ. އެކަމަކު އަންހެން މީހާ ޔޫރަޕިއަން ކޯޓްގައި އެޕީލްކުރީ މުސްލިމުންގެ ނަބިއްޔާގެ ހުރުމަތް ކަނޑާލުމަށް އޭނާ މަސައްކަތްނުކުރާކަމަށާއި ބޭނުންވީ ޕަބްލިކް ޑިބޭޓަކަށް މަގުހުޅުވޭތޯކަމަށެވެ. އެހެންނަމަވެސް އެޕީލްގެ މައްސަލަ ބެލި ޔޫރަޕިއަން ކޯޓުން ބުނީ އަންހެން މީހާގެ އަމަލަކީ މުސްލިމުންގެ ނަބިއްޔާއަށް ކުޑައިމީސް ރައްދުކުރުމުގެ އަމަލެއް ކަމަށެވެ.

އޮސްޓްރިއާއަކީ ތަފާތު އެކިދީންތައް އޮންނަ ގައުމެކެވެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮންނަތާ އެތައް ސަތޭކަ އަހަރުވެފައިވާ ގައުމެކެވެ. އިހަށްދުވަހު މުސްލިމުންގެ މާތް ނަބިއްޔާއަށް މިއިސްލާމީ ގައުމުގެ ފަސްގަނޑުގައި ދިވެހި ރައްޔިތުންނަށް ނިސްބަތްވި ބަޔަކު ދިވެހި ރާއްޖޭގެ ގާނޫން އަސާސީއާއި ގާނޫންތަކަށް ގޮންޖަހައި އެކުރި ފުރައްސާރައަކީ އޮސްޓްރިއާގައި ޣައިރު ދީންތަކުގެ މީހުންގެތެރޭގައި ކުރި ކަންތަކާއިބަލާއިރު ކޮންފަދަ ނުބައި ޖަރީމާއެއްތޯއެވެ.

އެކަމަކު އެކަންކުރި މީހުންނާމެދު ފިޔަވަޅު އަޅައިދޭން ދިވެހި ރައްޔިތުން އެދުމުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެކަން ފިނިކޮށްލައި އެރިޕޯޓްނެރުނު އެމްޑީއެން ދެމެހެއްޓުމަށް ސަޕޯޓްކޮށް ނެރުނު ބަޔާނަކީ ދެވަނަ ޖަރީމާއެވެ. އެބަޔާނަކީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ހަރައިލި ކަށްޓެކެވެ. އެބަޔާން ބުނާކަހަލައެވެ. އެއީ ރިޕޯޓްލިޔުނު މީހުން އިގިރޭސިން ލިޔަން އުޅެންގެން އެރި އޮޅުމެކެވެ. އެރިޕޯޓްގައި ބުނެފައިވާ ކަންތަކަށްވުރެ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އެމީހުން ކުރާ ވައްކަމުގެ ތުހުމަތުގެ ވާހަކަދައްކައި ހެދުން މާ އައުލާކަންބޮޑެވެ. ނަބިއްޔާއެއް ގުރުއާނެއް އެހެން އެއްޗެއް ކިޔާނެކަމެއްނެތެވެ. ކިޔަންވީ ޔާމީން ވައްކަން ކޮށްފިކަމަށެވެ. އެމްޑީއެން އުވާލާން ތާއީދެއް ނުކުރެވެއެވެ. ނަބިއްޔާއަށް ފުރައްސާރަކުރި މީހުންނަށް ފިޔަވަޅު އަޅައި އަދަބުދިނުމުގެ ބޭނުމެއް ނެތެވެ. އެއީ މެދުމިނަށް ގޮވާލާ ފްރީޑަމް އޮފް އެކްސްޕްރެޝަން ޕްރެކްޓިސްކުރާ ޖަމާއަތެކެވެ. އެއީ އެމްޑީޕީގެ އިންސާފުގެ ތިލަފަތުންކުރީމާ ފެނުނު އެންމެ އިންސާފުވެރި ގޮތެވެ. ދިވެހިންގެ ވަރަށް ގިނަ މީހުން ލާދީނީއޭ ލާދީނީއޭ ގޮވަނީ ކަމެއްވީމައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.