N/A
N/A
ހަބަރު 30 Oct 2019 | 02:40

ޔޫކޭގައި ޑިސެމްބަރު މަހުގައި އާންމު އިންތިޚާބެއް ބާއްވަނީ

މިއަހަރުގެ ޑިސެމްބަރ މަހުގެ 12ވަނަ ދުވަހުގައި އިނގިރޭސިވިލާތުގެ އާންމު އިންތިިޚާބެއް ބޭއްވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ކޮމަންސްއިން މިގޮތަށް ނިންމާފައިވަނީ މައި އިދިކޮޅު ޕާޓީ ކަމުގައިވާ ލޭބަރ ޕާޓީގެ ތާއިދާއިވެސް އެކުގައެވެ. އަވަސް އިންތިޚާބެއް ބޭއްވުމަށް ފެންނަކަމަށް މަޖިލީހުގެ 438މެންބަރުން ވޯޓުދެއްވިއެވެ. ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ 20މެންބަރުންނެވެ.

އިނގިރޭސިވިލާތުގައި އަވަސް އާންމު އިންތިޚާބެއް ބާއްވައި، އާ ގާނޫނު ހަދާ މަޖިލީހަކާއި ބޮޑުވަޒީރަކު ހޮވަން ޖެހުނީ އެގައުމު ޔޫރަޕްގެ އިއްތިހާދުން ވަކިވުން ނުވަތަ ބްރެކްސިޓްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބްރެކްސިޓްގެ މަސައްކަތް އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަސައްކަތްކުރެއްވިއެވެ.

ނަމަވެސް އެކަމަށް ބޭނުންވާ ވަރަށް ގާނޫނު ހަދާ މަޖިލީހުގެ ތާާއިދު އޭނާއަށް ނެތުމުން، ޔޫރަޕްގެ އިއްތިހާދުން ވަނީ ބްރެކްސިޓްގެ މަސައްކަތްތައް ނިންމުމުގެ މުހުލަތު 31ޖެނުއަރީއަށް ހެދުމަށް ނިންމާފައެވެ.

ހައުސް އޮފް ކޮމަންސްގެ ނިންމުން ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ހައުސް އޮފް ލޯޑްސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން ފާސްކުރުމާއި އެކު ރަސްމީ ވެގެންދާނެއެވެ. މިއީ 1923ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާާތުގެ އާންމު އިންތިޚާބު ޑިސެމްބަރމަހުގައި ބޭއްވޭ ފުރަތަަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ
20 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ

ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ ޕޯސްޓެއް ކުރީ މީގެ ކުރީން އެމްޑީޕީގެ ހަރަކާތަކުން ފާހަގަވި މީހެކެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް
20 Oct 2026 ހަބަރު

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް

އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ
20 Oct 2026 ހަބަރު

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ

ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް
20 Oct 2026 ހަބަރު

އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވެ، އާންމުކޮށް އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
20 Oct 2026 ހަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޖީއެސްޓީ އުވާލުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ ނަމުގައި ބިލު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އެ ބިލުން ބޭނުންވަނީ ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ ހުރިހާ މާއްދާއެއް ގާނޫނުން އުނިކުރުމެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
20 Oct 2026 ހަބަރު

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 14 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގައި ތިބި 14 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރިންގ ޕްރޮގްރާމުގެ ދަށުން އާއިލާތަކާ ހަވާލުކޮށް، އިތުރު 18 ކުއްޖަކު ދައުލަތުގެ ބެލުމަށް ނަގައިފިއެވެ.