އައްޑޫ ޕަބްލިކް ވޯކްސްގެ މުވައްޒަފުން ސިޓީ ކައުންސިލަށް ވަދެއްޖެ

31 Oct 2019 | 13:03

އައްޑޫ ސިޓީގެ ޕަބްލިކް ވޯކްސް މުވައްޒަފުން ހުށައެޅި ޕެޓިޝަނަކަށް ޖަވާބު ހޯދުމަށް އެފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެއްޖެއެވެ.

އެ މުވައްޒަފުން އިއްޔެ ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް، ޕްލޭނިންގ މިނިސްޓްރީއާއި އެ މުވައްޒަފުން ހަދާފައިވާ ކޮންޓްރެކްޓް އިތުރު ހަތަރު މަސްދުވަހަށް އިތުރުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މުވައްޒަފުންނަކީ ސިވިލް ސާރވިސްގެ ތެރޭގައި ހިމެނޭ ބަޔަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސިވިލް ސާރވިސްގެ ގާނޫނުގެ ދަށުން 55އަހަރުން މަތީގެ މުވައްޒަފުން ވަޒީފާއަކަށް ނުނެގޭނެއެވެ. އެހެންކަމުން އައްޑޫ ޕަބްލިކް ވޯކްސްގެ ބައެއް މުވަައްޒަފުންގެ ވަޒީފާ ގެއްލޭނެކަމުގެ ބިރު އެބައޮތްކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.

މި މުވައްޒަފުން އާ އޮނިގަނޑަށް ފައްތަން ފުރިހަމަކުރަން ޖެހޭ ކަންކަން މިއަދުގެ ނިޔަލަށް ފުރިހަމަ ކުރަން އަންގާފައިވީ ނަމަވެސް އެ މުވައްޒަފުން އަންނަނީ އެކަންތައްތައް ކުރުމަށް ދެކޮޅު ހަދަމުންނެވެ.

އައްޑޫސިޓީގެ އިތުރުން ގދ.ތިނަދޫގެ ޕަބްލިކް ވޯކްސްގެ މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ހަމަވެފައިވާ މައްސަލައިގައިވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

Advertisement

ކޮމެންޓް