N/A
N/A
ހަބަރު 15 Nov 2019 | 14:24

ސިވިލް ސާވެންޓުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިނުވެވޭގޮތް ހަދަނީ

ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެކަަމަށް ސިވިލް ސާރވިސް ގާނޫނުގައި ހިމެނުމަށް އެދިއްޖެއެވެ.

މިގޮތަށް އެދިފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމެއްގައި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމެވެ.

ޑރ.ޝަމީމް ވިދާޅުވީ އެ ކޮމިޝަންގެ ފަރާތުން ސިވިލް ސާރވިސްގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް އޮތްއޮތުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސިވިލް ސާވެންޓުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް މަސައްކަތްކުރަން ތިބޭ ބައެއްކަމަށާއި އެއީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި އެކަން އޮންނަގޮތް ކަމަށެވެ.

"ސިވިލް ސާވެންޓުންނަށް މިހާރު ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށްވެވޭ، ސިޔާސީ ޕާޓީތަކުގެ ޖަލްސާއަށް ގޮސް ހަރަކާތްތަކުގައި ބައިވެރިވެވޭނެ، އެހެންވިޔަސް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރާ ބަޔެއްގެ ގޮތުގައި ސިވިލް ސާވެންޓުން މި ތިބެނީ، އެއީ މި ސަރަހައްދުގެ ހުރިހާ ތަނެއްގައި ވެސް އެ ކަން އޮންނަ ގޮތް،" ޝަމީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިވިލް ސާވެންޓުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެގޮތަށް ހަދާފައިވަނީ 2018ވަނަ އަހަރުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ
08 Nov 2026 ހަބަރު

ކުށްމަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މާޒީވެއްޖެ: ސީޕީ

ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ.

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ
08 Nov 2026 ހަބަރު

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް އެންމެންނަށް ޤަދަރުކުރާ މުޖުތަމައެއް: ފަސްޓްލޭޑީ

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި
08 Nov 2026 ހަބަރު

ޝާހިދަށް ފިޔަވަޅެެއް، އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭރުކޮށްފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.