17 Nov 2019 | 15:50
ސަރުކާރަށް އެއް އަހަރު: ހެރިޓޭޖް މިނިސްޓްރީއަށް އޭ ރިޕޯޓެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ސަލްޓަން ޕާކްް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ކަޅުވަކަރު މިސްކިތް ރޫޅާލާ، އެތަނުގައި ވިންޓަރ ކޯނާއެއް ހެދުމަށް ނިންމުމަކީ ގިނަބަޔަކު ހައިރާން ކުރުވި ކަމެކެވެ. އެއްބަޔަކަށް އެ މިސްކިތަކީ އަބަދުވެސް "ހިޖުރަކުރާ" މިސްކިތަަކަށްވުމުން އެއީ ވަރަށް އާދައިގެ ކަމެކެވެ. ނަަމަވެސް އާާސާރީ މުހިންމު ތަރިކައަކަށް ހަދާނެ ރަނގަޅު ގޮތެއް ނުނިންމައި ރޫޅާލުމަކީ ގިނަބަޔެއްގެ ކަންބޮޑުވުމާާއި ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެންދިޔަ ކަމެކެވެ.

މި މައްސަލައާއި މާފަންނު ސަހަރާގެ ބައެއް ސާފުކޮށް ޕާކްކުރާނެ ޖާގައެއް ހެދުމާާއި، ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ކެފޭއެއް ހިމެނޭ ޕާކެއް ތަރައްގީކުރުމަށް ވިސްނުން ފަދަ ކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ ސަރުކާރުން ދިވެހި ތާޜީޚާއި، ސަގާފަތާއި ތަރިކައަށް ސަމާލުކަމެއް ދެމުން ނުގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންގެންދިޔުމެވެ. އެހެންކަމުން އެ ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވި އެންމެ މުހިންމު އެއް ވައުދަކީ ދިވެހި ތާރީޚާއި، ސަގާފަތާއި އަދި ތަރިކަ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހު ހުވާކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މި ވައުދު ފުއްދެވުމަށް ކުރެއްވުމަށް ނިންމެވި އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖޭގެ ތާޜީޚުގައި ފުރަތަމަ ފަހަރަށް ތަރިކައާއި ސަގާފަތަށް އަމާޒުކުރެވިގެން މިނިސްޓްރީއެއް އުފެއްދުމެވެ.

އާދެ، މިނިސްޓްރީ އޮފް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗަރގެ ނަމުގައި އާ މިނިސްޓްރީއެއް އުފައްދަވައި، ވަޅުޖެހިފައި އޮތް ދިވެހި ތާރީޚާއި، ސަގާފަތާއި، ތަރިކައާއި ފަންނުގެ ދާއިރާ ކުރިއެރުވުން އެދާއިރާގެ ފަރާތަކާއި ހަވާލުކުރެއްވީއެވެ. އެމްއާރްއެމްގެ ސްލޮޓެއްގައި ވަޑައިގެންނެވި ޔުމްނާ މައުމޫނެވެ.

މި ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައިވާއިރު، ހެރިޓޭޖް މިނިސްޓްރީ ފާހަގަކުރެވިފައިވަނީ ވަރަށް ހަަރަކާތްތެރި މިނިސްޓްރީއެއްގެ ގޮތުގައެވެ. ސަރުކާރުގެ އެހެނިހެން މިނިސްޓްރީތައް ފަދައިން މި މިނިސްޓްރީގައިވެސް ސިޔާސީ ފަރާތްތައް އެބަތިއްބެވިއެވެ. ނަމަވެސް އެއީ މިނިސްޓްރީގެ މެންޑޭޓާއި ގުޅޭ މަސައްކަތްތައް ވަރަށް ރަނގަޅަށް ދަންނަ ފަރާތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ހެރިޓޭޖް މިނިސްޓްރީން ފާއިތުވި އެއް އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ތަރިކައާއި ބެހޭ ބިލެވެ. ދިވެހިރާއްޖޭގެ ތަރިކަތައް ރައްކާާތެރިކޮށްދީ، އެ ތަރިކަތަކަށް ގެއްލުންދޭނަމަ ގާނޫނު އަރާ ހަމަކުރާނެކަމުގެ ޔަގީންކަން ދިނުމަކީ ގިނަބަޔަކު އުފާކޮށްދިން ކަމެކެވެ. ތަރިކައިގެ ބިލްގައިވާ ގޮތުގައި ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވި، ފަސް އަހަރާއި ވިހި އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

ގައުމެއްގެ ތާރީޚާއި ތަރިކައާއި ސަގާފަތް ކުރިއެރުވުމަށް އެންމެ ބޮޑު ޒިންމާއެއް އަދާކުރެވޭނެ ފަރާތްތަކަކީ ކިޔަވާ ކުދިންނާއި ޒުވާނުންކަމުގައި ވީހިނދު، އެފަރާތްތައް އެ ދާއިރާތަކަށް ޝައުގުވެރިކުރުމަށް ހެރިޓޭޖް މިނިސްޓްރީގެ އިސް ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ އެގޮތުން އެ މިނިސްޓްރީގެ ސީނިއަރ ރިސާރޗް އެނަލިސްޓުންކަމުގައިވާ އަލާދީދީއާއި ނާޖިހު ދަނީ ގިނަ ޕްލެޓްފޯމްތަކުގައި ދިވެހި ތާރީޚުގެ ވާހަކަތައް ދަނީ ދިރާސާކޮށް، އަންގައިދެމުންނެވެ. އަދި ސްޓޭޓް މިނިސްޓަރ ތޯރިގާއި އެގްޒެކެޓިވް ޑިރެކްޓަރ ޝަމްއޫން ފަދަ ފަރާތްތަކުން ދަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ދަތުރުކޮށް ދިރާސާ ކުރަމުންނެވެ.

ކުރިންވެސް ދެންނެވި ފަަދައިން ރައީސް ޔާމީންގެ ސަރުކާރުގައި ކަޅުވަކަރު މިސްކިތް ރޫޅާލުން ވެގެންދިޔައީ ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔަ ކަމަކަށެވެ. ނަަމަވެސް މިއަދު އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ދަނީ ހަލުވި މިނެއްގައި ކުރެވެމުންނެވެ. ނަމާދުގެއެއްގެ ގޮތުގައި މި މިސްކިތް އަލުން ރާވައި ބަހައްޓަނީ ކުރީގެ ދިރާގުގެ އޮފީސް ހުރި ބިމުގައެވެ.

އަދި އެހެންމެ ހެރިޓޭޖް މިނިސްޓްރީގެ އެއްބާރުލުމާއި އެކު ހިންގަމުންދާ ސަގާފީ ފަންނުގެ ކޯސްތަކާއި، ފަންނުވެރި މައުރަޒުތަކާއި މޫސީގާރުންގެ ހަރަކާތްތަކަކީވެސް ފާާހަަގަކޮށްލަން ޖެހޭ ފަދަ ކަންތައްތަކެވެ. ނަމަވެސް އަދިވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި މިނިސްޓްރީގެ މެންޑޭޓް އިތުރަށް ފުޅާކުރެވިދާނެކަމީ ދެބަސްވެވެން ނެތް ކަންތައްތަކެވެ.

އެއް އަހަރު ވެގެންދިޔައިރު، ވަޅު ޖެހެމުންދިޔަ ތަރިކައާއި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާ މިއަދު ދަނީ ހަލުވި މިނެއްގައި ކުރި އަރަމުންނެވެ. މިއަދު އެ ދާއިރާތަކަކީ ދިވެހިންގެ ތެރެއިން ގިނަބަޔެއްގެ ސަމާލުކަން ހޯދާފައިވާ ދާއިރާާއަކަށް މިވަނީ ވެފައެެވެ. އެހެންކަމުން ހެރިޓޭޖް މިނިސްޓްރީއަށް މި ނިމިދިޔަ އެއް އަހަރަށް އޭ ރިޕޯޓެއް ދެވޭވަރުވެއެވެ. މިނިސްޓަރ ޔުމްނާއާއި ޓީމަށް އައްސަރިބަހާާއި ސާބަސް ރައްދުކުރަމެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ