01 Dec 2019 | 04:24
މެންބަރު ޝިޔާމާ އެކު ފަސް މީހުން ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން މަޖީދީމަގާއި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ، ކުރި މުޒާހަރާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާ އެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭގެ އެއްވުމުގައި ހައްޔަރުކޮށްފައިވަނީ، މެންބަރު އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލްއާއި ކައުންސިލު މެންބަރު މުހައްމަދު ލަތީފު ކަމަށެވެ.

މިރޭގެ އެއްވުން ރޫޅައިލުމުން އެއްވުމުގެ ބައިވެރިން ދަނީ ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އެއްވެ ނުރުހުންފާޅުކުރަމުންނެވެ. ޕީޕީއެމްގެ އޮފީސް ކުރިމަތީ އިހުތިޖާޖު ކުރަމުންދާއިރު، އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލު ވިދާޅުވީ، ސުލްހަވެރި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމުން ސަރުކާރުގެ ނާގާބިލުކަން ހާމަވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ ހައްދެއްނެތި ދޭނެ ކަމަށް ވައުދުވެ ވަޑައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު، ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދާ މިހާރު ހިލާފުވެވަޑައިގެންފި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jun 2026
ސެނެގާލް ބަލިކޮށް ފްރާންސުން ވަރލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފި
މިމެޗްގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ހާފުގައި އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ދައްކާފައެވެ.
16 Jun 2026
ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށައެޅި
އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.
16 Jun 2026
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.
16 Jun 2026
އެސްޓީއޯ އިން ފިޔާ ކިލޯއެއް 13ރ އަށް، އަންނަ ހަފްތާގައި ހޯލްސޭލުކޮށް ފިޔާ ދޫކުރާނެ
އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިން ވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެއް ކަމަށް ވެސް ބުންޏެވެ.
16 Jun 2026
އަނެއްކާ ވެސް ހިމަބިހި ކޭސްތަކެއް: 489 ކޮންޓެކްޓުން، ގިނައީ ދިވެހީން
އަދި މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވި މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާ ކުރަމުންނެވެ.
16 Jun 2026
އެންމެ ދިދައެއް ފިޔަވާ ހުރިހާ ގައުމެއްގެ ދިދަތައް ވިނަގަނޑުމަތީ, މި ދިދަ ޚާއްސަ
މި މަންޒަރުތައް ސައުދި އަރަބިއްޔާގެ ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކުން ފެންނާނެ އެވެ. މިއީ މި ފަހަރުގެ ވޯލްޑްކަޕްގައި ފެންނާނެ ތަފާތު މަންޒަރެކެވެ
16 Jun 2026
އައިޔޫއެމްގެ"ލީގަލް ކްލިނިކް" އިފްތިތާޙްކޮށްފި؛ ހިލޭ ގާނޫނީ އެހީތެރިކަން ލިބޭނެ
އައިޔޫއެމް ލީގަލް ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމާއި، މައްސަލަތަކާ ގުޅޭ ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އެއްބަސްވުންތައް އެކުލަވާލުމާއި، ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ތައްޔާރުކޮށްދިނުމުގެ ޚިދުމަތްވެސް މި ކްލިނިކުން ލިބިގެންދާނެއެވެ.
16 Jun 2026
ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތް ފަށައިފިން: އިހްސާން
ދެ އަހަރު ދުވަހެއްގެ ތެރޭގައި މިހާރު ކުރިމަތިވަމުންދާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.