05 Dec 2019 | 21:58
އިންޑިއާ މީހުން، ވޯރާ ވިޔަފާރިވެރިން ގޮތުގައި ރާއްޖޭގައި އޮޕަރޭޓްވާން ފަށައިފި: ޖާބިރު

މީގެކުރިން އިންޑިއާގެ ވޯރާ ވިޔަފާރިވެރިން ޜާއްޖޭގައި ހަރަކާތްތެރިވި ގޮތަށް ރާއްޖޭގައި އިންޑިއާ މީހުން އޮޕަރޭޓްވާން ފަށައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ބަހުސަށް ވާހަކަދައްކަވަމުން ޖާބިރު ވ ިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އެނގެން ޖެހޭ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަސް ކަނޑައަޅުއްވާފައި ހުންނެވި ސަފީރާއި ދާދިފަހުން ޖާބިރު ވަނީ ބައްދަލުކުރައްވައިފައެވެ. އެބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، އިންޑިއާގެ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ގެންނަ މުދަލާއި ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

''މިސާލެއްގެ ގޮތުން އެމްއެމް އެކްސްޕޯޓްސް އިން އަޅުގަނޑުމެން މުދާ ގެންނައިރު 3 ޓައިމްސް މޯ އެކްސްޕެންސިވް ވެފައި ހުންނަކަން މަނިކުފާނަށް އެނގޭތޯއޭ ދެންނެވިން. އެހެންވެ އެގޮތަށް ރާއްޖޭގެ ލޮސްވާ ކުންފުނިތައް އުވާލަން އެބަޖެހޭ. އެ ޝަކުވާތައް އެމްބެސަޑަރު އާއި ހިއްސާ ކުރުމުން ކަލޭމެން އެއްޗެހި ނުގެންނަން ވީ ނޫންހޭ އޭނާ ބުނި.'' ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އިންޑިއާ މީހުން މަލިކު އަތުލައިގެން ތިބިކަންވެސް ސަފީރަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މަލިކަށް ވީ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. އިންޑިއާ އާއި ދިވެހި ސަރުކާރުން ގާތްގުޅުން އުފައްދާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، މި ސަރުކާރަށް އިންޑިއާ މީހުންގެ ގޮތްތައް ނޭނގުނު ކަމަށެވެ.

''އަޅުގަނޑު ނޯންނާނެ އިންޑިއާ އަށް ދަރާފައެއް. އިންޑިއާ އިން ކޯންއެއްޗެއްހޭ އަޅުގަނޑަށް ދިނީ. އިންޑިއާ މީހުން، ވޯރާ ވިޔަފާރިވެރިން ގޮތަށް މިހާރު އޮޕަރޭޓްވާން ފަށައިފި. މިސަރުކާރަށް އިންޑިއާ ނޫން އެއްޗެއް އަންޑަސްޓޭންޑެއް ނުވި.'' ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ބޭރުގެ ދަރަނި ކުޑަކުރަންޖެހޭ ކަމަށާއި ބަޖެޓް އޮޕަރޭޓުކުރަން ޖެހޭނީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކަމަށެވެ.

އިންޑިއާގެ ވޯރާ ވިޔަފާރިވެރިން ރާއްޖޭގައި އޮޕަރޭޓު ކުރަން ފަށައިފި ކަމަށް ޖާބިރު ވިދާޅުވި އިރު، އިންޑިއާގެ ވޯރާވިޔަފާރިވެރިންގެ ވިޔަފާރި އެންމެ ފުރަތަމަ ރާއްޖޭގައި ފެށުނީ ކަޅު މުހައްމަދު ރަސްގެފާނު ދެވަނަ ފަހަރަށް ވެރިކަމަށް އައުމަށް މަލާބާރީންނާ އެކު ހެދި އެއްބަސްވުމުގެ ސަބަބުންނެވެ.

އޭގެ ފަހުން ވޯރާވެރިންގެ އަތްދަށަށް ދިވެހިންގެ އުފެއްދުންތަކާ ވިޔަފާރި އެއްކޮށް ނެތި ދިޔައީ އެބައި މީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ވިޔަފާރި ދޮންބަންޑާރައިން އަތުލައްވައި، ޖިޒީ ކަނޑައިލެއްވި ހިސާބުންނެވެ.

ދެވަނަ ފަހަރަށް އިންޑިއާގެ ވޯރާ ވިޔަފާރިވެރިންގެ އޮށް ރާއްޖޭގައި އިންދީ މީލާދީން 1857 ގައި ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނު ކަމަށް ބުނެވެއެވެ.

ވޯރާއިން ރާއްޖެއިން ފައްސާލުމަށް 15 ރަމަޟާން 1376 ގައި ރައްޔިތުންގެ މަޖިލީހުން އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން އެ އަހަރުގެ މުހައްރަމް މަހުގެ ތެރޭގައި ރާއްޖެ އިން ފޮނުވާލަންޖެހޭ ގޮތައް ބިލެއް ފާސްކޮށް، 23 އޮގަސްޓް 1957 ވޯރާއިން ރާއްޖެ އިން ބޭރުކޮށްލިއެވެ.

އިންޑިއާގެ ވޯރާވެރިން ރާއްޖެއިން ފޮނުވާލެވުނީ އޭރުގެ ބޮޑުވަޒީރު، އަދި ރާއްޖޭގެ މިނިވަންކަމުގެ ބާނީ އިބްރާހީމް ނާސިރުގެ ހިކުމަތްތެރި ކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.