07 Dec 2019 | 01:11
ޖެނުއަރީ ހަ އެއްގެ ކުރިން ރައީސް ޔާމީން ގެޔަށް ބަދަލުކުރާނަން: ޝިޔާމު

އަންނަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރިން، ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގެޔަށް ބަދަލުކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމު މިފަދައިން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވެ، ޝިޔާމު ވިދާޅުވީ ބޭރުގެ މިޝަންތަކުން ރައީސް ޔާމީނާ މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތް ވަރަށް ރަގަޅަށް ބަލަމުންދާ ކަމަށެވެ.

އަނިޔާވެރި ހުކުމެއް އިއްވި ބަޔަކަށް އަބަދު އެބާރުގައި ނުތިބެވޭނެކަމަށް ވިދާޅުވެ ޝިޔާމު ވަނީ އިދިކޮޅަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، މިއަދު ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރުންނާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

'' ތިޔަ ހުރިހާ ބޭފުޅުންނަށް މި ދަންނަވާލަނީ އިރާދަކުރެއްވިއްޔާ މީގެ އެއްމަސް ފަހުން، އަންނަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލުކުރާނަން.'' ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ޝަރީއަތް ހިންގައި އެމަނިކުފާނު ޖަލަށް ލީ އިރު، އެއީ ސިޔާސީ ހުކުމެއް ކަމަށް ބޭރުގެ ފަރާތްތަކުންވެސް ގަބޫލުކުރާ ކަމަށެވެ.

އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެކަން ހާމަކުރައްވައި ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގައި ބޭރުގެ ފަރާތްތަކަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ހައްޔަރު ކުރެވިދާނެ، ޖަލަށް ލެވިދާނެ. މަރާވެސް ލެވިދާނެ. އެކަމަކު މިހާރު މިއޮތް ސަރުކާރު ދެކެ ކުޑަކޮށްވެސް އަޅުގަނޑުމެން ބިރެއް ނުގަންނާނެ. އަޅުގަނޑުމެން ބިރު ގަންނަނީ ހެއްދެވި ފަރާތަށް އެކަނި." ޝިޔާމް ވިދާޅުވިއެވެ.

2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ