N/A
N/A
ހަބަރު 11 Dec 2019 | 05:39

އަހަރުގެ ފުރަތަމަ ދުވަހު ކައުންސިލުތަކަށް ބަޖެޓް ދޭންޖެހޭނެ: ޝިޔާމު

އަންނަ އަހަރުގެ ޖެނުއަރީ އެކެއްގައި ކައުންސިލުތަކުގެ ބަޖެޓަށް ކަނޑައެޅި 1.6 ބިލިއަން ރުފިޔާ ޖަމާކޮށްދިނުމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ގޮވައިލައްވައިފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ، ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް އިދިކޮޅުން ވޯޓް ދިނީ އަތޮޅުތަކުގެ ތަރައްގީއަށް ކަމަށެވެ.

''އަޅުގަނޑުމެން އޮންނާނެ ކައުންސިލުތަކަށް ބާރުތައް ދޫކޮށްލުމަށްޓަކައި، ކައުންސިލުތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައެޅި 1.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވޯޓްދީފައި. އެހެންވީމަ ފިނޭންސް މިނިސްޓަރު އަމީރަށް މި ގޮވައިލަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ހުރިހާ ކައުންސިލުތަކެއްގެ އެކައުންޓަށް އެފައިސާ ޖަމާކޮށްދިނުމަށް. ވަކިވަކިންނެއް ނޫން ޖަމާކޮށްދެންވާނީ، އެއްފަހަރާ. އެހެންނޫނީ ރައްޔިތުންނަށް އިހުލާސްތެރި ސަރުކާރެކޭ ނުބުނެވޭނެ.'' ޝިޔާމު ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިންގެ ދުވަހާއި ގުޅިގެން ޝިޔާމުވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

ޝިޔާމު ވިދާޅުވީ މިއަދު މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، މަސްވެރިންނަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށެެވެ. މަސްވެރިން ބާނާ މަހުގެ ބައިޓަނު ފެލިވަރަށް ކިރުވެނީ ދުވާލު ހަތަރު ދަމު ކިޔޫގައި އޮވެގެން ކަމަށާއި މަސް ކިރުވައިފިނަމަ ލާރިކޮޅުވެސް މަސްވެރިންނަށް ނުލިބޭ ކަމަށެވެ.

މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެގެން ސަރުކާރާއި ހަވާލުވި ނަމަވެސް މަސްވެރިންނަށް ސަބްސިޑީ ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބާނާ މަހަށް ހަމައަގު ލިބޭނެ ކަމަށް ބުނެ ވެރިކަމާއި ހަވާލުވި އިރު މިސަރުކާރުން މަސް ކިލޯއަކަށް ހަތަރު ރުފިޔާ ދޭ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުންސިލުތަކަށް 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި
26 Oct 2026 ހަބަރު

އެމްއެންޔޫއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ރިޕޯޓް 2025 ނެރެފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ )އެމް.އެން.ޔޫ( އިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި، ޒިންމާދާރުކަމާއެކު އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ ހިއްސާ ހާމަކޮށްދޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2025" މިއަދު ރަސްމީކޮށް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި
26 Oct 2026 ހަބަރު

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފި

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި
26 Oct 2026 ހަބަރު

ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް )20އ( އާއި، އެމްޑީ މިޒަންނޫރު ރަހްމާން )41އ( އާއި، މިރްޒާ އަލް އަމީން )30އ(  އަދި އެމްޑީ އަރްމާން އަލީ )21އ( އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. 

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
26 Oct 2026 ހަބަރު

ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި ދޫކުރުމަށް ހަމަޖެހިފައިވާ މި ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅި ފޯމުތައް ސައްހަކަން ކަށަވަރުކޮށްފައިވަނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު
26 Oct 2026 ހަބަރު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅެނު މީހެއް ހައްޔަރުކޮށްފި؛ ޑްރަގް ޓްރެފިކިންގ ގެ ތުހުމަތު

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ވ. ފުލިދޫ، އަޙްމަދު ނަޞީރު )62އ( އެވެ.

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް
26 Oct 2026 ހަބަރު

ކާރެއްގައި ސައިކަލެއްޖެހި ކޮންޓްރޯލުންނެއްޓިގެންގޮސް އިތުރު ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓްއެއް

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަޖީދީމަގުން އައިސް ބޮޑުތަކުރުފާނު މަގަށް ނުކުތް ކާރެއްގައި ސައިކަލެއް ޖެހިގެން ކަމަށާ، އެއަށްފަހު، ކޮންޓްރޯލް ނުވެ ގޮސް ސައިކަލުވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި އައި އިތުރު ކާރެއްގައި ޖެހިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި
26 Oct 2026 ހަބަރު

ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.