ރ.އަތޮޅުގެ ރިސޯޓް މުވައްޒަފުން އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލައިފި

03 Jan 2020 | 19:01

ރ.އަތޮޅުގެ ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލައިިފިއެވެ.

މި ފަރާތްތަކުން މިނިސްޓަރގެ އިސްތިއުފާއަށް ގޮވާލާފައިވަނީ ރޭގެ ވަގުތެއްގައި ރ.މީދޫ ބަނދަރު ސަރަހައްދުގައި ކުރި އިހުތިޖާޖެއްގައެވެ. މި އިހުތިޖާޖުގައި ވަނީ އެ ސަރަހައްދުގެ ރިސޯޓްތަކުގައި މަސައްކަތްކުރާ 50އެއްހާ މުވައްޒަފުން ބައިވެރިވެފައެވެ.

މި އިހުތިޖާޖުގެ ބައިވެރިން ވަނީ މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލައި ސާރވިސް ޗާޖުން ކުރާ ވައްކަން ހުއްޓާލުމަށް އެދިފައެވެ.

މީގެ އިތުރުން މި ފަރާތްތަކުން ވަނީ މިނިމަމް ވޭޖްގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް އެދިފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ޓޫރިޒަމް މިނިސްޓަރ ސާރވިސްޗާޖާއި ގުޅޭގޮތުން ވިދާޅުވި ބަސްފުޅެއްގެ ސަބަބުން ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ މިނިސްޓަރ އަލީ ވަހީދަށް ފާޑުކިޔައި، އެބޭފުޅާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ކޮމެންޓް