Advertisement

އެމެރިކާގެ ސިފައިން އިރާގުން ފޭބުމާއި ބެހޭ ބިލެއް ބަަލައިގެންފި

05 Jan 2020 | 20:05

އިރާގުގައި ގާއިމްވެތިބި އެމެރިކާ ސިފައިން އެގައުމުން ފޭބުމުގެ ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބަލައިގެންފިއެވެ.

މި ބިލް ބަލައިގެންފައިވަނީ އިރާގުގެ މަޖިލީހުގެ ސުންނީ މެންބަރުންނާއި ކުރުދީ މެންބަރުން ނެތިއެވެ. އެ މަޖިލީހުގެ މެޖޯރިޓީއަކީ ޝީޢީ މެންބަރުންނެވެ. މި ބިލާއި މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެގާރަ ވަނަ ދުވަހުގައެވެ.

ބޭރު ގައުމުތަކުގެ ސިފައިން އިރާގުގައި ތިބުން މަނާކުރާ ބިލް ގާނޫނު ހަދާ މަޖިލީހަށް ވައްދާފައިވަނީ 170މެންބަރުންގެ ވޯޓާއި އެކުގައެވެ. މި ބިލަށް ތާއިދުކޮށް އިރާގުގެ ބޮޑުވަޒީރުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

‎ބޮޑުވަޒީރު އާދިލް ވިދާޅުވީ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރ ގާސިމް ސުލައިމާނީއަށް އަމާޒުކޮށް ވައިގެ ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން އެ ހަމަލާގެ މައުލޫމާތު އެމެރިކާާގެ ސިފައިން، އިރާގުގެ ސިފައިންނަށް އަންގާފައިވާ ކަމަށެވެ.

‎އަދި އެފަދަ ހަމަލާއެއް ދިނުމާއި ދެކޮޅުކަން އަންގާފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

‎އަދި މިކަމުގެ ސަބަބުން ދެގައުމަށްވެސް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމެރިކާގެ ސިފައިން އެގައުމު ދޫކޮށް ދިއުންކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް ވޯޓު ދިނުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ކިބައިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް