ތަފާތު ދުވުންތަކާއި އެކު މިއަހަރުވެސް މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަން އޮންނާނެ!

12 Jan 2020 | 15:31

ތަފާާތު ގިނަ ދުވުމުގެ ހަަރަކާތްތަކާއި އެކު މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަން މިއަހަރުވެސް ބޭއްވުމަށް ނިންމައި، މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައި-ރަނާސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާާއްވާ މި މެރަތަން އޮންނާނީ މިއަހަރުގެ މާޗްމަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު ހުޅުމާލޭގައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ މައިގަނޑު މަގްސަދަކީ ދުވުމުގެ ހަރަކާތްތަކުގެ އެހީގައި ރަށުފެންވަރާއި، ގައުމީ ފެންވަރާއި އަދި ބައިނަލްއަގްވާމީ ފެންވަރުގެ ފަރާތްތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށްދިނުމެވެ. މީގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ތިމާވެއްޓާއި މެދު ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މެރެތަންގެ މަގްސަދެއްކަމަށް އައި-ރަނާސްގެ ފަރާތުން މައުލޫމާތުދެއެވެ.

މި މެރެތަން ފެށިގެން ދާނީ މާޗް ހަވަނަ ދުވަހުގެ ހަވީރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ދުވުމާއި ހިނގުމުގެ ހަރަކާތްތަކުންނެވެ. އަދި އެއަށްފަހު މާޗްމަހުގެ ހަތްވަނަ ދުވަހު 10ކިލޯމީޓަރު ދުވުމާއި، މެރެތަން އަދި ހާފް މެެެރެތަން ސަންރައިޒް ދުވުންތަކުގެ ގޮތުގައި އޮންނާާނެެއެވެ.

އަދި ހަމަ މި ދުވަހުގައި 5 ކިލޯމީޓަރުގެ ސަންސެޓް ދުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

4000އެއްހާ ދުވުންެތެރިންނަށް ބައިވެރިވެެވޭގޮތަށް ކުރިއަށްގެންދާ މި މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. 

މި ހަރަކާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބޮޑު އެއްބާރުލުމަކާއި އެކު ކުރިއަށްގެންދާ މޯލްޑިވްސް އިންޓަރނޭޝަނަލް މެރެތަން ބޭއްވޭ މިއީ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މެރެތަންއަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. 

Advertisement

ކޮމެންޓް

Advertisement