21 Jan 2020 | 05:40
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ ޝަރީއަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ޝަރީއަތްކުރުން އަވަސްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އެކު މަޝްވަރާކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާާނެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް، ކޯޓުތަކުން އަވަަސް ކުރުމުގެ ގޮތުންނާއި، އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ކޮމިޝަނުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ކޯޓުތަކަށް މިފަދަ މައްސަލަތައް ހުށައެޅިފައިވާ އަދަދާއި، އެ މައްސަލަތައް ނުނިމި ހުރި އަދަދު އަދި ނުނިމި ހުރި ސަބަބުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދާފައިވާނެކަމަށް އެކޮމިޝަނުން ބުންޏެވެ.

މިފަދަ މައްސަލަތައް ބެލުން އަވަސްވާނޭ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމު ކުރުމަށް ޖޭއެސްސީން ނިންމާފައިވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އެ ނިންމުމާއި އެއްގޮތަށް،  މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ހިންގުމާ ގުޅޭ އެންމެހާ އިންތިޒާމުތައް ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ޑިޕާޓްމަންޓް ޑީޖޭއޭ މެދުވެރިކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމު ކޮމިޝަނުން ހަމަޖައްސާނެ ކަމުގެ މައުލޫމާތު ދިންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާން ނިންމާލަމުން ޖޭއެސްސީން ވަނީ މިގޮތަށް އަަމަލުކުރުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިދާރީ ވެރިން އެއްބާރުލުމާއި ޚާއްސަ ސަމާލުކަމެއްދީ، މަރުހަބާ ކިޔުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަަކަށް ހުށަހެޅޭ މައްސަލަތައް މުސަތަގުބަލުގައި އަވަސް ކުރުމަށް ކޮމިޝަނަށް ލިބުނު ބާރެއް ކަމަށް ދެކޭކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.