05 Nov 2018 | 17:15
ތުޅާދޫ ދާއިރާގެ މެންބަރުކަމަށް ހިސާން ކުރިމަތިލައްވަނީ

އަންނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ.ތުޅާދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް، މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވިކަން އެކަމަނާ ހާމަކުރެއްވީ މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ހިސާން ވިދާޅުވީ އިންސާފުގެ މަގަށް ދިވެހިން ފަށާފައިވާ މަސައްކަތުގައި ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުން ތަމްސީލް ކުރުމުގެ ފުރުސަތު ދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

އަދި އެކަމަނާއަށް ތާއިދުކޮށްދެއްވުމަށް ވަނީ ދާއިރާާގެ ރައްޔިތުންގެ އަރިހުގައި ހިސާން އެދިލައްވާފައެވެ. މީގެ ކުރިންވެސް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ހިސާން ވަނީ ހަމަ ބ.ތުޅާދޫ ދާއިރާާގެ ގޮނޑިއަށް ވާދަކުރައްވާފައެވެ. 

2012 އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި އެކު ހިސާން ހުސައިން ވަނީ ރައީސް ނަޝީދުގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެ ލައްވަން ފައްޓަވާފައެވެ. އަދި އެއަށްފަހު އިދިކޮޅު ހަރަކާތުގެ ގިނަ ކަންކަމާއި، ސިޔާސީ ހައްޔަރީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އެކަމަނާ ވަނީ ހަރަކާތްތެރިވެލައްވާފައެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި އެކަމަނާ އަކީ އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިހާބީ އެޖެންޓް ވެސްމެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ދ.މީދޫގައި މިއަދު ބޭއްވި އިންތިހާބުގެ އިންތިޒާމުތައް ވަރަށް ރަނގަޅު: އެޗްއާރުސީއެމް
ކޮމިޝަނުން ބުނީ ވޯޓުލުމުގެ އިންތިޒާމުތަކާއި، ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަގޮތެއްގައި "ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިންކަން ފާހަގަކުރާ ކަމަށެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް
ނަތީޖާއަށް ބަލާއިރު، ސުހާއަށް 529 ވޯޓު ލިބުނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ
13 Jun 2026
ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މައްސަލާގައި، ފީފާއަށް ގޯސްވީ ސަޕޯޓަރުން
ފީފާއިން ބުނީ ސްޓޭޑިއަމްގައި މެޗް ބަލަންތިބޭ މީހުންގެ އަދަދު މަދުވެ ހުސްގަނޑި ފެންނަނީ، ދަނޑަށް ވަންނަ މީހުން އެމީހުންގެ ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގައި ހުންނަ ހިނގާ މަގުތަކުގައި މެޗްބަލަން ތިބޭތީކަމަށެވެ
13 Jun 2026
އިންޑިއާ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ
50 މީހުންގެ ޖާގައިގެ 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓު އާސާމް ސްޓޭޓްގެ ޖޯރްހަޓްގައި އޮންނަ އެއާބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް، އެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުވަތަ ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ
13 Jun 2026
ކޮރަޕްޝަން ނައްތާލެވޭނީ ސިވިލް ސާވިސް މުއައްޒަފުންނަށް: ޝަފީއު
މާލީބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވަނީ އިދާރީ ނިޒާމްގެ ތެރެއިން ހިންގޭ ނޭދެވޭ ކަންތައްތަކުގެ ސަބަބުން
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.