ޗައިނާގައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ހިލޭ ގެންނަނީ

28 Jan 2020 | 22:34

ޗައިނާގައި ދިރިއުޅެމުންދާ ދިވެހިންނަށް އަނބުރާ ދިވެހިރާއްޖެއަށް ހިލޭ އައުމުގެ ފުރުސަތު ފަހިކޮށްދޭން ސަރުކާރުން ނިންމައިިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަންއިން ދަތުރުކުރާ ޗައިނާގެ ފަސް މަންޒިލަކުން ދިވެހިންނަށް އަނބުރާ ރާއްޖެއަށް އާދެވޭނެ ގޮތް ފަހިކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވާފައިވާ ކަމަށެވެ.

މި ފަސް މަންޒިލަކީ ޗޮންގިންގ، ޗެންގްޑޫ، ހަންޒޫ، ނަންޖިންގ އަދި ޝިއާނެވެ. މި ތަންތަނުން ފުރައިގެން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވާ ދިވެހިން ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގުޅުމަށް މިނިސްޓަރ ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އައިޝަތު އަޒީމާ ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން ކަަރަންޓީން ކުރެވިފައިވާ ވޫހާން ސިޓީގައި ތިބި ދިވެހިން ރާއްޖެއަށް ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި، ނަމަވެސް އެކަމާއި ގުޅޭގޮތުން ޗައިނާގެ ސަރުކާރާއި ވާާހަކަދައްކަމުން ގެންދާ ކަމަށެވެ.

އަދި އެހެން ސަރަހައްދުތަކުގައި އުޅޭ ދިވެހިން އަމިއްލައަށްވެސް ރާއްޖެ އައުމަށް ދަތުރު ފަށާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް