ހުުޅުމާލޭގައި ބޮޑު ކޯޓު ކޮމްޕްލެކްސްއެއް ގާއިމްކުރަނީ

13 Feb 2020 | 18:54

ހުޅުމާލޭގައި ބޮޑު ކޯޓު ކޮމްޕްލެކްސްއެއް ގާއިމްކުރުމަށް ނިންމައިފިއެވެ.

އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކޯޓު ކޮމްޕްލެކްސް އަޅާނެ ބިން އެޗްޑީސީގެ ފަރާތުން ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރަސްމީގޮތުން ހަވާލުކޮށްފައެވެ. މި ބިން އެޗްޑީީސީގެ ފަރާތުން ހަވާލުކޮށްދެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.

ޑީޖޭއޭގެ ފަރާތުން މި ބިމާއި ހަވާލުވެ ވަޑައިގެންނެވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

ހުޅުމާާލޭ ސެންޓްރަލް ޕާކް ކައިރީގައި ދިހަ ބުރިއަށް ބިނާކުރުމަށް ހަަމަޖެހިފައިވާ މި ކޯޓު ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވައްސަށް ސިވިލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފިޔަވަހީގައި މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކާއި ހައިކޯޓުވެސް އެތަނަށް ބަދަލުކުރުމަށް ވިސްނަމުންދާާކަމަށް ޑރ.ނަޒީރު ވިދާޅުވިއެވެ.

މި ކޯޓު ކޮމްޕްލެކްސްގައި ކޮންމެ ފަނޑިޔާރަކަށް ވަކިން ޝަރީއަތްކުރާ މާާލަމެއް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން މައްސަލަތައް ބެލުން އަަވަސްވެގެންދާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

ޖާގައިގެ ގޮތުން ތަނަވަސް ގޮތަކަށް ހެދުމަށް ހަމަޖެހިފައިވާ މި އިމާރާތް ތަަރައްގީކުރަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. ޑީޖޭއޭއިން ވަނީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިތަނުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައެވެ.

Advertisement

ކޮމެންޓް