ސީޕްލޭން ޓާމިނަލް މައްސަލައިގައި އެމްއޭސީއެލް އާއި މަންޓާ އެއާގެ ވެރިން ކޮމެޓީއަށް ހާޒިރުކުރަނީ

17 Feb 2020 | 13:56

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލް ދޭން ނިންމި މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި މަންޓާ އެއާގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް މަންޓާ އެއާގެ އިސް ވެރިން ވަނީ ހާޒިރު ކޮށްފައެވެ. އެމްއޭސީއެލްގެ ވެރިން ހާޒިރުކުރަންނިންމާފައިވަނީ، މިއަދު ހަވީރު 4:00ގައި ބާއްވާ ކޮމިޓީގެ ބައްދަލުވުމަށެވެ.

ޓީއެމްއޭ އާއި މަންޓާ އެއާގެ އިސްވެރިން ކޮމިޓީއަށް ހާޒިކު ކުރަނީ ކުޑަ އަގެއްގައި އާ ސީޕްލޭން ޓީއެމްއޭ އާ ހަވާލުކުރުމަށް ނިންމާފައިވާތީ، އެކަން ބެލުމަށްފަހު، އެކަމުގައި އެތަންތަނުގެ މަސްލަހަތު އޮތް ބޭފުޅުން ތިއްބެވި ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކުރުމުންނެވެ.

ސީޕްލޭން ޓާމިނަލް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާ ކުރި އިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންނާއި، ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ މަސްލަހަތު އޮންނަ ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެކަމުގައި އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ ބައެއް ފަރާތްތަކާއި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު ވެސް އެކުންފުނިތަކުގައި އޮންނަ ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

Advertisement

ކޮމެންޓް