12 Mar 2020 | 09:37
އެޓްލެޓިކޯ އަތްދަށުވެ ޗެންޕިއަން ލިވަޕޫލް ކަޓައިފި

ރޭ ކުޅެވުނު ފޯރިގަދަ ޗެންޕިއަންސް ލީގު މެޗުގައި ލިވަޕޫލް އަދި އެޓްލެޓިކޯ މެޑްރިޑް ވާދަކުރި މެޗް 2-3 ކުން ކާމިޔާބުކޮށް އެޓްލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނުނު މި މެޗުގައި އެޓްލެޓިކޯގެ ކީޕަރު އޮބްލަކްގެ ހުށިޔާރުކަންވެސް ވަނީ ފާހަގަވެގެން ގޮސްފައެވެ.

މެޗް ފެށުނީއްސުރެ ލިވަޕޫލް ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އެޓްލެޓިކޯ ގޯލަށް ފޮނުވާލާފައެވެ. ނަތީޖާއަކަށްވީ 43 ވަނަ މިނެޓުގައި ވައިނާލްޑަމް ބޮލުން ފޮނުވާލީ ހަމަލާއަކުން މެޗުގެ ލީޑް ލިވަޕޫލްއަށް ލިބުމެވެ. ފުރަތަމަ ހާފުގެ ނަތީޖާ ލިވަޕޫލް ކޮޅަށް ބުރަވެގެން ނިމުނުއިރު ދެވަނަ ހާފުގައިވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ލިވަޕޫލް އެޓޭކިންގ ފުޓްބޯޅައެއް ކުޅުނުއިރު އެޓްލެޓިކޯ މުޅިން ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން ކައުންޓާ އެޓޭކް ކުރަން މަސައްކަތްކުރި މަންޒަރެވެ.

ފުރިހަމަ ވަގުތުގެ ނަތީޖާ 1-0 ގައި އޮވެ ނިމުނު އިރު މެޗުގެ އެގްރިގޭޓް ނަތީޖާ 1-1 ކުން އެއްވަރު ވުމުގެ ސަބަބުން މެޗް ދެން ދިޔައީ އިތުރު ގަޑިއަށެވެ. އިތުރު ގަޑީގެ ވަރަށް ކުރީކޮޅު ފިރްމީނޯ ޖެހި ގޯލާއެކު އެގްރިގޭޓް ނަތީޖާ 2-1 ކުން ލިވަޕޫލްކޮޅަށް އެނބުރިގެން ދިޔައެވެ.

މިއާއެކު ޗެންޕިއަން ލިވަޕޫލް މެޗް ކާމިޔާބުކޮށް ޖެހިގެން އޮތް ބުރަށް ދާނެކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބިއިރު އެޓްލެޓިކޯގެ ލޮރެންޓޭވަނީ ކައިރިކައިރީގައި ޖެހި ދެގޯލާއެކު އެގްރީގޭޓުން އެޓްލެޓިކޯ ކޮޅަށް ނަތީޖާ ބުރަކޮށްލާފައެވެ.

އިތުރު ގަޑީގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކުރީގެ ޗެލްސީގެ ފޯވަޑް އަލްވާރޯ މޮރާޓާވަނީ އެޓްލެޓިކޯގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދީ ލިވަޕޫލް އިތުރަށް މާޔޫސްކޮށްލާފައެވެ. ލިވަޕޫލްކޮށް ވައިން ގޯލުތަކުގައި އެޓީމުގެ ކީޕަރު އަދި ޑިފެންސްގެ މިސްޓޭކްތައް ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ. ލިވަޕޫލް މިމެޗަށް ނުކުމެފައިވަނީ އެޓީމުގެ ފުރަތަމަ އޭގާރައިގަ ހިމެނޭ އެލިސަން ބެކާގެ ބަދަލުގައި އެޑްރިއަންއާއެކުއެވެ. އެލިސަންހުރީ ފަރިތަކުރުން ތަކުގައި ލިބުނު އަނިޔާއަކައި ގުޅިގެން ކުޅުމައި ދުރުގައެވެ.

މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް އެޓްލެޓިކޯގެ ދަނޑުގައި 1-0 ކުން ކާމިޔާބުކޮށްފައިވަނީ އެޓްލެޓިކޯއިންނެވެ. ރޭ ކުޅެވުނު މެޗުގެ ނަތީޖާއާއެކު އެޓީމް ކުއާޓާއިން ޖާގަ ހޯދާފައިވަނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެޓްލެޓިކޯގެ ކޯޗް ސިމިއޯނީ ބުނެފައިވަނީ މެޗަކީ ތާރީހުގައި ލިޔެވިގެން ދާނެ މެޗެއް ކަމަށައި އިދިކޮޅުން ނުކުތީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އޭގެ އިތުރުން ސިމިއޯނީ ވަނީ އެޓީމުގެ ކީޕަރު އޮބްލަކްއަށްވެސް ތައުރީފް ކޮށްފައެވެ. އެގޮތުން އޭނާބުނީ އޮބްލަކްއަކީ މިވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު ގޯލް ކީޕަރު ކަމަށައި އެޓޭކް ކުރުމުގައި ބާސެލޯނާއަށް މެސީ މުހިންމުވާ ފަދައިން ޑިފެންސްގައި އެޓްލެޓިކޯއަށް އޮބްލަކް މުހިންމުކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.