Advertisement

ބިދޭސީންނަށް އެހީވާން ރާއްޖޭގެ ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

03 May 2020 | 15:12

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމައިއެކު ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެހީވުމަށް ރާއްޖޭގެ ރޭޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފިއެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނީ މި ފަންޑަކީ ކޮވިޑް-19 ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުންޖެހިފައި ތިބި ބިދޭސީންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވި ފަންޑެއްކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން މި ފަންޑަށް އެހީވުމަށް ރާއްޖޭގެ ރެޑް ކްރެސެންޓުން ވަނީ ގޮވާލާފައެވެ.

މި ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ ދިވެހި ފައިށާ އެކައުންޓް 7701176022001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް 7701176022002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ.

އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 99010155500036100 އަށް އަދި ޑޮލަރުން ނަމަ 99010155500036200 ޖަމާކުރެވޭނެ އެވެ.

މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުން މިހާރުވެސް ދަނީ ކޮވިޑް-19 އާއި ގުޅިގެން ބޭނުންޖެހިފައި ތިބި ފާރާއްތަކަށް އެކިގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް