އިނގުރައިދޫއިން ކޮވިޑް-19 އަށް ނެގި ދެ ސާމްޕަލްވެސް ނެގެޓިވް!

03 May 2020 | 14:35

ކޮވިޑް-19 ޖެހިފައި ހުރެދާނެކަމަށް ބަލައި ރ.އިނގުރައިދޫއިން ނެގި ދެ ސާމްޕަލްވެސް ނެގެޓިވްވެއްޖެއެވެ.

މިކަން ވަނީ އެރަށުގެ ކޮވިޑް-19 ޓާސްކްފޯހުގެ ފަރާތުންވެސް ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

މީގެ ތެރެއިން އެއް ސާމްޕަލް ނެގިފައިވަނީ އަމާޒު ބޯޓުން ދަތުރުކުރި މީހެއްގެ ކިބައިންނެވެ. އަނެއް ސާމްޕަލް ނެގުނީ ރ.އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި މީހެއްގެ ކިބައިންނެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 519 އަށް އަރާފައެވެ. އަދި މި ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް