ކުޑަކުއްޖެއްގެ ސާމްޕާލް ދޭން މައިންބަފައިންގެ މައްޗަށް އަމުރުކޮށްފި

07 May 2020 | 15:29


ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލްދޭން ކުޑަކުއްޖެއްގެ މައިންބަފައިންގެ މައްޗަށް ސިވިލް ކޯޓުން އަމުރުނެރެފިއެވެ.

އެއްއަހަރުވެސް ނުވާ ތުއްތު ކުއްޖާގެ މައިންބަފައިންގެ މައްޗައް އަމުރުނެރެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެ ކޯޓުން ހާމަކުރައްވައެވެ.

ސިވިލް ކޯޓުން ހާމަކުރެއްވިގޮތުގައި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި އެއްގޮތަށް ކުޑަކުއްޖެއްގެ މައިންބަފައިންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އެ އަމުރުގައި ކުޑަކުއްޖާގެ ސާމްޕަލް ނެގުމަށް ބެލެނިވެރިން އެއްބާރުލުން ދިނުމަށް އަމުރުކޮށް ފުލުހުންނަށް އަމުރު ތަންފީޒުކުރުމަށް އަންގާފައިވާކަމަށެވެ.

މީގެ ކުރިންވެސް ސިވިލް ކޯޓުންވާނީ ސާމްޕަލްދޭން ދެކޮޅުހެދި މީހުންގެ މައްޗަށް ސާމްޕަލްދިނުމަށް އަމުރުނެރެފައެވެ.

ރޭގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ސިވިލް ކޯޓުން އަމުރު ނެރެން ޖެހުނެވެ. އެ ހަތަރު މީހުން ވެސް ވަނީ ސާމްޕަލް ދޭން ދެކޮޅު ހަދާފަ އެވެ. 

Advertisement

ކޮމެންޓް