އިޒްރޭލުގައި ހުންނަ ޗައިނާގެ ސަފީރު މަރުވެފައި އޮއްވާ ފެނިއްޖެ

17 May 2020 | 15:18

ޗައިނާގެ ފަރާތުން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޫ ވެއި ގެކޮޅުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގެ ސަރަހައްދެއްގައި ސަފީރު ޑޫ ވެއި ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިފަދައިން އެބޭފުޅާ ނިޔާވެފައި އޮއްވާ ފެނުމުން ވަނީ އޮންނަ އުސޫލުގެ ދަށުން ތަހުގީގެއް ފަށާފައެވެ.

ނަމަވެސް މި މަރުގެ މައްސަލައިގައި މިހާތަނަށް ޝައްކު ކުރެވޭނެފަދަ ކަމެއް ފެނިފައި ނުވާކަމަށް އިޒްރޭލުގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

އުމުރުފުޅުން 57 އަހަރުގެ ސަފީރު ނިޔާވިިއިރު ދަރިކަލަކާއި އަންބަކު ދުނިޔޭގައި ހުންނެވިއެވެ. ނަމަވެސް ދަރިކަލުންނާއި އަނބިކަނބަލުން ތިއްބެވީ ތެލް އަވީވްގައެއް ނޫނެވެ.

ސަފީރު ޑޫ ވެއި މިއަހަރުގެ ފެބްރުއަރީ މަހުގައި އިޒްރޭލަށް ވަޑައިގެންނެވިފަހުން ހުންނެވީ އެކަހެރިވެ ވަޑައިގެންނެވެ.

Advertisement

ކޮމެންޓް

Advertisement