18 May 2020 | 00:57
ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެއް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެވެސް ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ކީރިތި ޤުރްއާނާއި ރަސޫލާގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށާއި އަދި އެ ބޭފުޅާއަކީ އިސްލާމްދީނުގެ އަސާސްތައްމަތީ ދެމި ހުންނެވި މުސްލިމެއްކަމުގައި އެމްޑީޕީއިން ބުނެފިއެވެ.

ވެރިކަން ކުރާ އެމްޑީޕީ އިން މިމޭރުމުން ބުނެފައިވަނީ ރައީސް ނަޝީދާއި މެދު ނަފްރަތު އުފެއްދުމަށް ރ.އަނގޮޅިތީމު ޖީޒާ، އަލީ އިބްރާހިމް ނަމަކަށް ކިޔާ މީހަކު ދެއްކި ވާހަކަތައް ތަހުގީގު ކުރުމަށް ގޮވާލާ ނެރުނު ބަޔާނެއްގައެވެ.

މިގޮތުން މިބަޔާނުގައި ވަނީ ނަޝީދު، ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އާއި ގުޅޭގޮތުން އަދި ކީރިތި ޤުރުއާނާއި ގުޅޭގޮތުން ދެއްކެވި ކަމަށް ބުނެި އަލީ އިބްރާހިމް ދައްކާފައިވާ ވާހަކަތައް ހަރުއަޑުން ކުށްވެރި ކުރާކަމަށެވެ.

އަދި އެމްޑީޕީގެ އެންމެ އިސް އަމާޒަކީ އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

"މިޕާޓީގެ އަސާސީ ޤަވާޢިދު ބިނާވެފައިވާނީ އަދި، މިޕާޓީން ކަނޑައަޅާ އެންމެހައި ސިޔާސަތުތައް އެކުލަވާލާފައިވާނީ އިސްލާމް ދީން ހިމާޔަތްކޮށް، އިންސާނީ ޤަދަރާއި ކަރާމާތް ރައްކާތެރިކޮށް ޑިމޮކްރެޓިކް އުޞޫލުތަކާއި ހަމަތައް ނެގެހެއްޓުމަށް އެންމެ އިސްކަން ދީގެނެއެވެ. މިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެކެވެ. އަދި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާއި އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެކެވެ."

މީގެ އިތުރުން ރަސޫލާގެ ސުންނަތަކީ ވަރަށް އުފާކުރަން ޖެހޭ ކަންކަން ހިމެނޭ ސުންނަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް އެ ބަޔާނުގައިވެއެވެ.

“އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ޤަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް” ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އިންވަނީ ރައީސް ނަޝީދުގެ ދީނީ އަޤީދާ އާއި ގުޅޭ ގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި ނަޝީދާއި މެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުނެފައެވެ.

މީގެއިތުރުން އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، ދޮގުވާހަކަތައް ދައްކައި، ރައްޔިތުންގެ ހިތްތަކުގައި ނަޝީދާއި މެދު ރުޅިވެރިކަން އުފެއްދުމަށް ކުރަމުންދާ "ވިޔާނުދާ" އަމަލުތައް ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

"މިޕާޓީން ޤަބޫލުކުރާ ގޮތުގައި، ރައީސް މުޙައްމަދު ނަޝީދާމެދު އެފަދަ ވާހަކަ ދައްކައި، އެވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ މަޤްޞަދަކީ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޖިސްމާނީ ގޮތުން ހަމާލާދިނުމެވެ.

އެމްޑީޕީއިން ވަނީ ޢެހެން ކަމުން ނަޝީދާއި މެދު އެވާހަކަ ދެއްކި އަލީ އިބްރާހިމް އާއި އޭނާގެ ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ