މިއަހަރުގެ ފަހު ހަމަހުގެ ރިސޯޓްތަކުގެ ބިމުކުލި ދެއްކުން ފަސްކޮށްދީފި

20 May 2020 | 21:16

މިއަހަރުގެ ފަހު ހަމަހުގެ ރިސޯޓްތަކުގެ ބިމުކުލި ދެއްކުން ފަސްކޮށްދީފިއެވެ.

މިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އެމަނިކުފާނު ގައުމާއި މުޚާތަބުކުރައްވާ ދައްކަވަމުންދާ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ.

ރައީސް ޞާލިހު ވިދާޅުވީ ފަތުރުވެރިކަން އަލުން ފެށިގެންދާ އިރު، ރިސޯޓްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށްކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަދި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް