23 May 2020 | 19:04
ެއިންފްލޭޝަނަރީ ޕްރެޝަރެއް އަންނާނެކަމަކަށް އެހާބޮޑަކަށް ގަބޫލެއް ނުކުރެވޭ: އަމީރު

ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ ހާލަތުން އަރައިގަންނަ ވަގުތުގައި ތަކެތީގެ އަގު މާބޮޑަށް އުފުލިގެން ދާނެކަމަށް ނުވަތަ އިންފްލޭޝަނަރީ ހާލަތަކަށް ދާނެކަމަށް ގަބޫލުނުކުރެއްވޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ ތަކެއްޗާއި ޚިދުމަތްތަކަށް ކުރާ ޑިމާންޑް ދަށްވެ އިގްތިސާދީ ހަރަކާތްތައް މަޑުޖެހިފައިވާތަން ކަމަށެވެ. މިފަދަ ހާލަތެއްގައި އިންްފްލޭޝަނަރީ ޕްރެޝަރއަކާއި ހަމައަށް އައުމަށް ބޮޑު ޖާގައެއް އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އަދި ކުރިއަށް އޮތް ތަނުގައި އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް އިންފްލޭޝަނަރީ ޕްރެޝަރެއް މާބޮޑަކަށް އަންނާނެކަމަށް ގަބޫލުފުޅު ނުކުރެއްވޭކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ރާއްޖެއަށް އިންފްލޭޝަން އަންނަ މައިގަނޑު ގޮތަކީ އެތެރެކުރެވޭ މުދަލާއި ޚިދުމަތްތަކުގެ އަގު ބޮޑުވެގެންކަމަށް ފާހަގަކުރައްވާފައެވެ.

ނަމަވެސް މި ދުވަސްވަރު ބައިނަލްއަގްވާމީ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ އިންފްލޭޝަނެއް އަންނާނެ ހާލަތަކަށް ވާނީ އެކްސްޗޭންޖް ރޭޓް ޑިވެލުއޭޓް ކުރާ ހިސާބަށް ގޮސްފިނަމަ ކަމަށެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ އިގްތިސާދު ހުޅުވާލެވޭ މިންވަރަކުން އެކްސްޗޭންޖް ރޭޓް ޑިވެލުއޭޓް ކުރަން ޖެހޭނެފަދަ ހާލަތެއް އައުން ކުޑަކުރެވިގެން ދާނެކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ހުޅުވާލެވި ބޭރު ފައިސާ އައުން އިތުރުވުމުން އެ ރިސްކް ކުޑަވާނެކަމަށް ސަރުވަޝް ފާހަގަ ކުރެއްވިއެވެ.

ސަރުވަޝް އިތުރަށް ވަނީ މިހާރުވެސް ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައެޅުން ފަދަ ކަންތައްތައް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.