15 Nov 2018 | 15:07
ޣައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ޣައްސާން މައުމޫން ހުންނެވި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ ފޮރ ސޯޝަލް އެފެއާޒްކަމުގެ މަގާމުގައި ހުންނެވި ޣައްސާން ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށައަޅުއްވާފައެވެ. މި ސިޓީގައި ޣައްސާން ވަނީ ރައީސް ޔާމީންގެ ދައުރުގައި ހިދުމަތް ކުރައްވަން ދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ، ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާއި މެދު ފަހުރުވެެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޣައްސާން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާން ކައިރިވެފައިވާތީއެވެ. 

އާއިލާގެ ބޭބޭފުޅުން ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެއްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިރު، ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގައި ކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން ޣައްސާންއަށް އާންމުންގެ ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސްގެ ގޮނޑިވެސް ޕީއެންސީއަށް
ނަތީޖާއަށް ބަލާއިރު، ސުހާއަށް 529 ވޯޓު ލިބުނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ
13 Jun 2026
ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މައްސަލާގައި، ފީފާއަށް ގޯސްވީ ސަޕޯޓަރުން
ފީފާއިން ބުނީ ސްޓޭޑިއަމްގައި މެޗް ބަލަންތިބޭ މީހުންގެ އަދަދު މަދުވެ ހުސްގަނޑި ފެންނަނީ، ދަނޑަށް ވަންނަ މީހުން އެމީހުންގެ ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގައި ހުންނަ ހިނގާ މަގުތަކުގައި މެޗްބަލަން ތިބޭތީކަމަށެވެ
13 Jun 2026
އިންޑިއާ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ
50 މީހުންގެ ޖާގައިގެ 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓު އާސާމް ސްޓޭޓްގެ ޖޯރްހަޓްގައި އޮންނަ އެއާބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް، އެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުވަތަ ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ
13 Jun 2026
ކޮރަޕްޝަން ނައްތާލެވޭނީ ސިވިލް ސާވިސް މުއައްޒަފުންނަށް: ޝަފީއު
މާލީބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވަނީ އިދާރީ ނިޒާމްގެ ތެރެއިން ހިންގޭ ނޭދެވޭ ކަންތައްތަކުގެ ސަބަބުން
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ