11 Jul 2020 | 05:07
ސްޓަރ ނެޓްވޯކްގެ ޗެނަލްތައް ދިރާގު ޓީވީއިން!

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އިންޑިޔާގެ ޓީވީ ޗެނަލްތައް ކަމަށްވާ "ސްޓަރ"ގެ ޗެނަލްތައް ތައާރަފުކޮށްފިއެވެ.

 މިއަދު، 10 ޖުލައި 2020 އިން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ސްޓަރ އިންޑިޔާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ. އޭގެ ތެރޭގައި ސްޓަރ ޕްލަސް، ސްޓަރ ގޯލްޑް، ސްޓަރ ބާރަތް، ސްޓަރ ޖަލްޝާ، ސްޓަރ ވިޖޭ އަދި އޭޝިއާނެޓް ހިމެނެއެވެ.

ސްޓަރ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާ، ރިއަލިޓީ ޝޯވ ތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓަރ ފިލްމްތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއަދު ވެގެންދާނީ ވަރަށް އުފާވެރި ދުވަހަކަށެވެ. އަދި ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ސްޓަރ ޕްލަސް އަދި ސްޓަރ ބާރަތްގެ ޑްރާމަ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓަރ ނެޓްވޯކްގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށެވެ.

ސްޓަރ ނެޓްވޯކް ދިރާގު ޓީވީއަށް އައުމާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހްމޫދް ދަސަރ ވިދާޅުވިގޮތުގައި ދިރާގު ޓީވީއަށް ސްޓަރ ނެޓްވޯކްގެ ޗެނަލްތައް އައުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ. ސަބަބަކީ ސްޓަރގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ޗެނަލްތަކަކަށްވެފައި، ސްޓަރ ނެޓްވޯކްފަދަ ބޮޑު ޗެނަލަކާގުޅުމުން ދިރާގުޓީވީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްޤީވާނެކަމަށް ގަބޫލުކުރެވޭތީއެވެ. މަހުމޫދު އިތުރަށް ވިދާޅުވިގޮތުގައި، މި ކޮލާބޮރޭޝަންގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.

ސްޓަރ އިންޑޔާގެ ސްޕޯކްސްޕާސަން ވިދާޅުވިގޮތުގައި ދިރާގުޓީވީ އާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓަރ ގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދިރާގު ޓިވީ ކަސްޓަމަރުން ސްޓަރ އިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓަރ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެކަމަށެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ޓީވީ ޚިދުމަތް ވަނީ ދިރާގުން ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނެއެވެ. މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދީފައިއެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ދިރާގުން މީޑިޔާތަކަށް ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.