11 Jul 2020 | 21:02
ރައީސް ޔާމީނާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީޑިޔާތަކާއި މެދު ފިޔަވަޅު އަަޅާނަން: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީޑިޔާތަކާއި މެދު ގާނޫނީގޮތުން އެޅެންހުރި ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އެ ޓީމުން މިފަދައިން ބުނެފައިވަނީ ޕަބްލިކް ސާރވިސް މީޑިޔާގެ ފަރާތުން ރައީސް ޔާމީންގެ އެންމެ ފަހުގެ އިސްތިއުނާފީ ޝަރީއަތާއި ގުޅިގެން ޚަބަރު ފެތުރިގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަކަމާއި އެކު ގެނެސްދޭން އިސްކަންދީ، ތެދު މައުލޫމާތުތައް ފެތުރުމަށް މަސައްކަތް ކުރުމަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ދަށުން ކޮންމެ ބްރޯޑްކާސްޓަރަކުވެސް ހިފަހައްޓަންޖެހޭ ހަމައެއް ކަމަށެވެ. އަދި މީޑިޔާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ޚަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް، ޚަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި އެ އެއްޗެއްގެ ހަގީގަތް އޮޅުވާނުލާން ދިވެހި މީޑިޔާގެ ހަމަތަކާއި އަޚްލާގީ މިންގަނޑުގައިވެސް ބަޔާންކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ޕަބްލިކް ސާރވިސް މީޑިޔާއަކީ ދައުލަތުގެ މީޑިޔާއަށް ވެހުރެ، އެ އުސޫލުތައް މުގުރާލައި ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމަކީ ބްރޯޑްކާސްޓްކުރުމާއި މީޑިޔާގައި ޚަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލުން އިތުރަށް ވިދާޅުވީ ޕީއެސްއެމްއަކީ މައްސަލައިގެ ޝަރީއަތްތައް ފެށުނީއްސުރެ، މި މައްސަލައިގެ އަޑުއެހުންތަކުގައި ކަންތައްތައް ހިނގާދާ ގޮތުގެ އަސްލު ގެނެސްދިނުމުގެ ބަދަލުގައި ރައީސް ޔާމީނާއި މެދު ރައްޔިތުންގެ މެދުގައި ގޯސް ތަޞައްވުރެއް އުފެދޭގޮތަށް ޚަބަރު ފަތުރާ ފަރާތެއްކަން ނުހަނު ހިތާމައާއި އެކު ފާހަގަކުރެވޭ ކަމަށެވެ. އަދި މީގެކުރިން ޕީއެސްއެމްގެ ޗެނަލެއްގެ ލައިވް ޕްރޮގްރާމެއްގައި ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާފަދަ ރައިވަރެއް ކުޑަކުއްޖަކު ލައްވާ ކިޔުއްވި މައްސަލަވެސް ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

މި ބަޔާން ނިންމާލަމުން ގާނޫނީ ވަކީލުން ވަނީ ބްރޯޑްކާސްޓް ކުރުމާއި މީޑިޔާގައި ޚަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ރައީސް ޔާމީނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި، އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާފަދައިން ކުރެވޭ ކަންކަމާއި ދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަަޅާނެކަން މީޑިޔާތަކަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.