އެމެރިކާ
08 May 2024
އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލަނީ
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ ރަފާހް އަށް އަރައިގަނެ ހަމަލާދޭން ފެށުމާއި އެކު އެމެރިކާއިން އެގައުމަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
05 May 2024
އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އެކްސަސައިޒް "ބްލެކް މަރލިން" ފަށައިފި
މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރެއްވި ގޮތުގައި އެމެރިކާ ސިފައިންނާ ގުޅިގެން ބާއްވާ އެކްސަސައިޒް، ބްލެކް މަރލިން، ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކްވެސް ވަނީ ބައިވެރިވެލައްވާ ރިމާކްސް ހުށަހަޅުއްވައި ދެއްވާފައެވެ.
01 May 2024
ޣައްޒާ ރައްޔިތުންގެ ޝުކުރު ގަތުލުއާއްމާއި ދެކޮޅަށް މުޒާހަރާ ކުރާ ދަރިވަރުންނަށް!
ފަލަސްތީޏުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ޣައްޒާގެ ރައްޔިތުން ޝުކުރު އަދާކޮށްފިއެވެ.
28 Apr 2024
ޔަހޫދީންގެ ހަމަލާ ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް: މަހްމޫދު އައްބާސް
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީންގެ ޣައްޒާގެ ރަފާހް އަށް ދިނުމަށް ރާވަމުންދާ ހަމަލާތައް ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
27 Apr 2024
ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގައި މުޒާހަރާ ކުރަނީ!
ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވާސިޓީތަކުގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.
22 Apr 2024
ސޫރިޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާޤުން ހަމަލާ ދީފި
ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ޢިރާޤުން ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް މި ޙަމަލާ ދީފައި ވަނީ، ޢިރާޤުގެ ޛިމާރީގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ކަތާއިބު ޙިޒްބުﷲ އިންނެވެ. މި ޙަމަލާ ދޭން ޛިމާރީން ފަސް ރޮކެޓް އުދުއްސައިލާފައިވެއެވެ.
20 Apr 2024
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާ ގިނަ ބަޔަކު ޒަޚަމްވެއްޖެ
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާކަމަށް ޢިރާޤުގެ ރަސްމީ ސަލާމަތީ ބާރެއް ކަމަށްވާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (އެމްޕީއެފް) އިން ބުނެފައެވެ. އެމްޕީއެފް އިން ބުނިގޮތުގައި މި ގޮވުން ގޮވާފައި ވަނީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ދެކުނުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ކަލްސޯ އަސްކަރީ މަރުކަޒުގައި ހުންނަ ކޮމާންޑް ޕޯސްޓެއްގައި ރޭ ދަންވަރެވެ. އެމްޕީއެފް އިން ހާމަ ކުރެއްވި ގޮތުގައި މި ގޮވުމަކީ ވައިގެ ހަމަލާއެއްގެ ނަތީޖާއެވެ.
14 Apr 2024
އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިނުވާނެ
އީރާނުން ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ދިން ޑްރޯނާއި މިސައިލް ހަމަލާތަކުގެ ބަދަލުހިފަން އިސްރާއީލުން ދޭ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް ބުނެފިއެވެ.