ފައްޔާޟު އިސްމާއިލް
12 Nov 2023
"މިއަދަކީ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ލަދުވެތި ދުވަހެއް"
މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަތިލި ލަދުވެތި ދުވަހެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
07 Oct 2023
"އާރަށުގައި ބައްދަލުކޮށް ފައްޔާޒު ޗެއާޕާސަންކަމުން ވަކިކުރުމަށް ދަނީ މަޝްވަރާކުރަމުން"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަމުގެ މަޤާމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަކިކުރުމަށް އާރަށުގައި މަޝްވަރާކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
01 Oct 2023
އެމްޑީޕީ އިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރާނެ
އިދިކޮޅު ޕާޓީގެ ފޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމި އޮންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން  އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
13 Sep 2023
މަޢާފަށް އެދޭނީ އެދެން ޖެހޭ ހާލަތްތަކުގައި: ފައްޔާޒު
މައާފަށް އެދޭނީ ހަގީގަތުގައި ވެސް އެދެން ޖެހޭ ހާލަތެއްގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދަ ޑިމޮކްރެޓްސްއަށް ރައްދު ދެއްވައިފިއެވެ.
10 Sep 2023
ޖެހުނު ހިސާބު ގޯސް: ފައްޔާޒު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖެހުނު ހިސާބު ގޯސް ކަމަށާއި އިތުރަށް ކުރަންޖެހޭ ކަންކަން ސާފުކުރެވި ދެވަނަ ބުރުގައި ނުކުންނާނީ ބުރަ މަސައްކަތުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
31 Jul 2023
"އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅާނަމަ އިދިކޮޅަށް ކެމްޕެއިނެއް ނުކުރެވޭނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
27 Jul 2023
ހަޤީޤީ މިނިވަންކަމަށް ވާނީ ސޫޓު ލުމުން މިނިވަންވުމުން: ފައްޔާޒު
ހަޤީޤީ މިނިވަންކަމަކަށް ވާނީ ރާއްޖޭގައި ސޫޓު ފަޓުލޫނުލުމާއި ޓައީ އެޅުމުން މިނިވަންވުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
18 Jul 2023
"ޗެއާޕާސަން އަކަށް ހުންނަންވާނީ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭ މީހެއް"
އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ރައީސުލްޖުމްހޫރިއްޔާގެ ރަނިން މޭޓްއަށް ޝައުގުވެރިވާ ކަމުގެ ވާހަކަދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވުމުން އެކަމަށް ރީކޯ ރައްދު ދެއްވާއިފިއެވެ.