ފައްޔާޟު އިސްމާއިލް
21 Mar 2023
"ރައީސް ނަޝީދުގެ ތާއީދު މުހިންމު، ނުލިބުނަސް އިންތިޚާބު ކާމިޔާބު ކުރާނަން"
ރައީސް މުހައްމަދު ނަޝީދު ގެ ތާއީދު ރައީސް ޞާލިޙަށް މުހިންމު ނަމަވެސް ތާއީދު ނުލިބުނަސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
06 Mar 2023
އައްޑޫ އެއާޕޯޓު ހަވާލުކުރީ އެންމެ އަވަހަށް ނިމޭ ގޮތަށް: ފައްޔާޒު
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ހަވާލުކުރީ، އެންމެ އަވަހަށް އެ މަސައްކަތް ނިމޭ ގޮތަށް ކަމަށް އިކޮނޮމިކް މިނުސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
25 Feb 2023
ފައްޔާޒު އިބުރާއަށް: ވިސްނުން ކޮށީ، ނޫނީ ނަފްރަތު ބޮޑީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ކުރެވިދާނެކަމާމެދު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު އުފެއްދެވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހޫނު ރައްދެއް ދެއްވައިފި އެވެ.
25 Feb 2023
ރިސޯޓް މުވައްޒަފުން ތުނބުޅި ބޭލުން މަޖުބޫރު ކުރުމާއި ދެކޮޅަށް ޕެޓިޝަނެއް
ޓުއަރިޒަމް އެމްޕްލޮއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ތުނބުޅި ކޮންމެ ދުވަހަކު ބޭލުމަށް މަޖުބޫރު ކުރުވާ ޕޮލިސީ ބަދަލު ކުރުމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ޕެޓިޝަންއެއް ހުށަހަޅައިފިއެވެ.
23 Feb 2023
އެމްޑީޕީން އެމްޑީއޭ އާއި އެކު ކޯލިޝަން ހަދަން މަޝްވަރާ ކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން، އެމްޑީއޭ އާއި އެކު ކޯލިޝަން ހަދަން މަޝްވަރާ ކޮށްފިއެވެ.
18 Feb 2023
ފައްޔާޒު ގޮވާލެއްވީ ޒާތީ ތައައްސުބު އެއްފަރާތްކޮށް ގުޅިގެން މަސައްކަތް ކުރުމަށް
އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމުގައި ދެމިއޮވެވޭނީ ޒާތީ ތައައްސުބު އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
19 Jan 2023
"ހަނިމާދޫ އެއަރޕޯޓު އަޅުން ތަކުރުންގެ ގައުމީ ޖިހާދަށް ކަޅޯއްފުންމި ބެންނެވުމާއި އެއްފަދަ"
ހަނިމާދޫގައި އިންޓާނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ގައުމު މިނިވަންކުރުމުގެ މަސައްކަތަށް ނިކުމެވަޑައިގަތުމަށް އުތީމު މުހައްމަދު ތަކުރުފާނު ކަޅޯއްފުންމި ބެންނެވުން ފަދަ މަސައްކަތެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
16 Jan 2023
"މުސްލިމުންގެ އަބުރު ކަތިލި ދުވަސް ހަނދާން ނެތުނީތޯ؟
އަނބިދަރިންގެ ކުރިމަތީ އަވަގުރާނަ ގޮވައި މުސްލިމުންގެ އަބުރު ކަތިލި ދުވަސް ހަނދާން ނެތުނީތޯ އަހައި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒް ގެ ބަހުގެ ހަމަލާތަކެއް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އަމާޒު ކުރައްވައިފި އެވެ.