އައްޑޫ ސިޓީ
21 Jul 2024
ފުވައްމުލަކާއި އައްޑޫ ސިޓީގެ ނޫސްވެރިންނަށް ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފި
ޒުވާނުން ބާރުވެރިކުރުވުމާ، މައުލޫމާތާ ފަންނާ ބެހޭ ވުޒާރާއިން އައްޑޫސިޓީ އަދި ފުވައްމުލައްސިޓީގެ ނޫސްވެރިންނާ، މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން "ހޭލުންތެރި މީޑިއާ"ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފުވައްމުލަކު ސިޓީގައި މިމަހުގެ 19 އިން 20އަށެވެ.
15 Jul 2024
"ފައިސާ ހަމަޖެހުމުން އައްޑޫ ބްރިޖް ޕްރޮޖެކްޓު ކުރިއަށްގެންދެވޭނެ"
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް ގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހޭ ހިސާބުން އެ ޕްރޮޖެކްޓް ކުރިއަށްގެންދެވޭނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Jul 2024
އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރަނީ
އައްޑޫ ސިޓީގައި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާގެ ސީއީއޯ ވަލީދު ވިދާޅުވެއްޖެއެވެ.
02 Jul 2024
އޭއެފްސީގެ އޮޕަރޭޝަން އަލުން ފަށައިފި
ޖޫން މަހުގެ 21 ވީ ހުކުރު ދުވަހު، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައި، އޭއެފްސީ އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.
01 Jul 2024
އައްޑޫ ގައި ހިނގި މާރާމާރީއެއްގައި ދެ މީހަކު ޒަޚަމްވެއްޖެ
އައްޑޫ ސިޓީ މަރަދޫގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
26 Jun 2024
އައްޑޫގައި، ކުނި އުކާލަން ދިޔަ މީހަކު، މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ!
އައްޑޫ ސިޓީ ފޭދޫގައި، މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
24 Jun 2024
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކަރަންޓު ދީ، އޮޕަރޭޝަނަށް ގެންނަނީ
ފުލުހުންގެ އެހީތެރިކަމާއިއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކަރަންޓު ދީ، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
23 Jun 2024
އައްޑޫ މަސްވެރިން ޑިމާންޑް ކުރަނީ 13 މިލިއަނެއްހާ ރުފިޔާއަށް
ފައިސާ ނުލިބިގެން އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ޑިމާންޑް ކުރަމުންދަނީ ގާތްގަނޑަކަށް 13 މިލިއަނެއްހާ ރުފިޔާ ދޭން ކަމަށާ އެއީ ބޮޑު އަދަދެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.