އައްޑޫ ސިޓީ
20 Jun 2024
އައްޑޫ ސިޓީ ކޯގަން ސަހަރާ ކުރިމަތީ ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި އައްޑޫ ސިޓީ މީދޫ ކޯގަން ސަހަރާ ކުރިމަތީ ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ވަނީ ނިއްވާލައިފައެވެ.
09 Jun 2024
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމުކުރަނީ
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ޤާއިމު ކުރުމަށް މިއަދު ވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދުއެވެ.
09 Jun 2024
ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެއްޖެ!
އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެއްޖެއެވެ.
03 Jun 2024
އައްޑޫ ސިޓީ ހިތަދޫއަށް ސާފު ފެން ނުލިބޭ ކަމަށް ބުނެ ކުއްލި މައްސަލައެއް
އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތާ ގާތް ގަނޑަކަށް ދެމަސް ދުވަސް ވެފައިވާ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
20 May 2024
"އިސްރަށްވެހިންގެ ހިޔާވަހި" އައްޑޫސިޓީގައި ބިނާކުރަން ނިންމައިފި
"އިސްރަށްވެހިންގެ ހިޔާވަހި" އައްޑޫސިޓީގައި ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
18 May 2024
ގަދަ ވަޔާއެކު މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ، ޓިއުލިޕްމާ ގޭގެ ފުރާޅު މިއަދު 11:59 ހާއިރު ވަނީ އެއްލައިލާފައެވެ. އެހެންކަމުން، އެ ފުރާޅު މަގުމަތިން އެއްފަރާތް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
18 May 2024
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ނެރުނު، އޮރެންޖު ސަމާލުގެ ވަގުތު އިތުރުކޮށްފި
މެޓް އޮފީހުން އައްޑޫއާއި ފުވައްމުލަކު ސިޓީއަށް ކުރިން އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 7 ޖެހުމާ ހަމައަށެވެ. ނަމަވެސް މިހާރު އެލާޓްގެ ވަގުތު ވަނީ މިރޭ 11 އާއި ހަމައަށް އިތުރުކޮށްފަ އެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ސިޓީތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
16 May 2024
އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖްގެ 820 މީޓަރުގައި ތާރު އަޅައިފި
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި އަޅަމުންދާ ހަންކެޑެ ބްރިޖްގެ 820 މީޓަރުގައި ތާރު އަޅައި ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.