21 Aug 2023
"ރައްޔިތުން ނިންމަންވީ ބްރިޖު އެޅި މީހުން ތޯ؟ ނޫނީ އަޅަން އުޅެ ނޭޅުނު މީހުން ތޯ؟"
ދެ ސަރުކާރަކުން ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި، ވޯޓުދެއްވާނީ ބްރިޖުގެ މަސައްކަތް ވައުދުވިގޮތަށް ނިންމުނު މީހުންނަށްތޯ ނުވަތަ އެ ވައުދުވެ އެކަން ނުކުރެވުނު މީހުންނަށްތޯ ގޮތް ނިންމަވާއިރު، ރައްޔިތުން އެކަމާއި ވިސްނާވަޑައިގަތުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.