ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
09 Dec 2023 | 13:22
އައްޑޫ ސިޓީން ފެން ކެނޑުނު މައްސަލަ މިރެއަށް ހައްލުކުރެވޭނެ: މުއާޒު

އައްޑޫ ސިޓީގައި ބަހައްޓާފައިވާ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިފައިވާއިރު، އެ މައްސަލަ މުޅިން ހައްލުކޮށް އެންމެ ލަސްވެގެން މިރޭ އެ ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އާރޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިވައިފަވީ މި މަހުގެ 7 ވަނަ ދުވަހުގައެވެ. 

އެހާ ހިސާބުން އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ. 

އެގޮތުން އާރޯޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު ރޭގެ ވަގުތެއްގައި އައްޑޫއަށް ވަނީ ގެނެސްފައެވެ.

މާލެއިން ގެންދެވުނު ވީއެފްޑީ ޑްރައިވް ހަރުކުރެވި، ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގެ މަސައްކަތް ރޭ ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ފެން ނުލިބި ލަސްވަނީ ރޭ ގެންދިޔަ ވީއެފްޑީގައި ފޯލްޓެއް ހުރުމުން މަސައްކަތް ނުކުރާތީއެވެ. 

އެކަން ޙައްލުކުރުމަށް އިތުރު ވީއެފްޑީ ޑިވައިސެއް މިއަދު 3:00 ގައި ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓުން ގެންދެވޭނެކަމަށް ފެނަކަ އެމްޑީ މުއާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޑިވައިސް ފޮނުވުމުގެ ކުރިން އިންޖިނިއަރުން ޓެސްޓުކޮށް، މަސައްކަތް ކުރާނެކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން މުއާޒު ވިދާޅުވީ އެ ޑިވައިސް މިއަދުގެ 5:00 ހާއިރު އައްޑޫ ސިޓީއަށް ގެންދެވި، މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ފެންކެނޑިފައިވާ ރަށްތަކަށް އަލުން ފެން ފޯރުކޮށްދޭން ފެއްޓޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

"މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ފެން ކެނޑިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް އަލުން ލިބިގެންދާނެ. އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް އެދަނީ"

ފެނަކަ އެމްޑީ މުއާޒު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންކެނޑުމާއި ގުޅިގެން ދިމާވާ ދަތިތައް ބަލައި، ހާލަތު ދެނެގަތުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރާއި ގުޅިގެން މަސައްކަތް ކުރަމުންދާކަން މުއާޒު ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވީ ފެނުގެ ޚިދުމަތް މެދުކެނޑިފައިވީ ނަމަވެސް، ގިނަ ގެތަކުގައި ބޭނުންކުރަމުންދަނީ ވަޅުފެން ކަމަށްވާތީ ނުރައްކާވާ ލެވެލްއަށް ކަންކަން ގޯސްނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

ފެނުގެ ދަތިކަން އެންމެ ބޮޑަށް ދިމާވެފައިވައި ވަނީ ރޯ ހައިސްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށާއި، އެ މީހުންނަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށްދިނުމަށްޓަކައި މަސައްކަތް ކުރެވެމުންދާކަމަށް މުއާޒު ވިދާޅުވި އެވެ. 

އައްޑޫ ސިޓީއަކީ އެހެން ރަށަކުން ފެން އުފުލައިގެން ފެން ފޯރުކޮށްދޭ ވަރަށްވިރެ އާބާދީ ބޮޑު ތަނަކަށްވާތީ އެކަން ކުރުމުގައި ވެސް ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކުވެސް އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުއްޓުމެއްނެތި ފެނަކައިން މަސައްކަތްކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވާކަމަށް މުއާޒު ވިދާޅުވި އެވެ. އަދި މައްސަލަ ޙައްލުވެ މިރެއާއި ހަމަޔަށް ފެން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އައްޑޫ ސިޓީގައި ބަހައްޓާފައިވާ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން ގުޅިފައިވާ ރަށްތަކުން ފެންކެނޑިފައިވާއިރު، މިކަން ދިމާވާން މެދުވެރިވި ސަބަބަކީ ފެނަކައިގެ ކުރީގެ މެނޭޖުމަންޓުން މެއިންޓަނެންސް މަސައްކަތްތައް ކުރުމުގައި ފަރުވާކުޑަކޮށް، ގަވައިދުން އެ މަސައްކަތް ކުރަމުން ގޮސްފައި ނުވުންކަން ފާހަގަކޮށްލެވެ އެވެ. 

އެނާޖީ އޮތޯރިޓީން ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭ ރިޕޯޓެއް މިދިޔަ އަހަރުހަދާފަ އެވެ. އަދި އާރޯޕްލާންޓުގެ މެއިންޓަނެސް މަސައްކަތްތައް ކުރިއަށް ގެންދާން ޖެހޭނެގޮތުގެ ރިކޮމެންޑޭޝަންތަކެއް ވެސް ހިމަނާފައެވެ. 

އެހެން ނަމަވެސް ނިމިގެން ދިޔަ ދައުރުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއް ގަވައިދުން ކުރިއަށް ގެންގޮސްފައި ނުވާކަން މުއާޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބީ ވެސް ކަމާގުޅުންހުރި އިދާރާތަކުން އަންގާފައިވާ ގޮތަށް މެއިންޓަނަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށް ދޫކޮށްލާފައި އޮތުންކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.