11 Feb 2024
ވަރުގަދަ ޓީމަކާއިއެކު އަޒާންގެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފި
ނިމިދިޔަ ސަރުކާރުން ހިންގި ކަރަޕްޝަންގެ ގިނަ ކަންތައްތަކެއް އާއްމުރައްޔިތުންނާއި ހިސާބަށް ގެނެސްދީ ދިވެހިންގެ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިފައިވާ ނޫސްވެރިޔާ އަހްމަދު އަޒާން (ދިޔަރެސް އަޒާން) ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.