އަހުމަދު ހަމީދު އާދަމް
ސްޓާފް ރައިޓަރ
އަހުމަދު ހަމީދު އާދަމް
08 Sep 2025
ހުކުރު މިސްކިތުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހޯދަނީ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތަށް މާލޭ ހުކުރު މިސްކިތުގެ ސެކިއުރިޓީ އެއް އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
08 Sep 2025
ބޮޑު ބަދަލެއް: އާންމު ތަންތަން ދިއްލުމަށް ކުރާ ހަރަދަށް ޑޮމެސްޓިކް ރޭޓްގައި ބިލްކުރަން ރައީސް އަންގަވައިފި
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ގެނައި ބަދަލެކެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
08 Sep 2025
ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަނުކުރައްވައިފި
ފަހްމީ އައްޔަނުކުރެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
08 Sep 2025
މަޓާޓޯގެ ސީއީއޯގެ މަގާމުން ސޫޒަން އިސްތިއުފާ ދީފި
ޓީވީ ހުށައެޅުންތެރިއެއްގެ ގޮތުގަައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ސޫޒަންގެ ހިދުމަތަށް ޝުކުރު އަދާކޮށް މަޓާޓޯ އިން ބުނީ ސޫޒަންގެ ލީޑާޝިޕްގައި މަޓާޓޯ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
08 Sep 2025
މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި
އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖަައްސައިފި އެވެ. އެ ކަމުގެ ގަރާރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ނެރުއްވާފަ އެވެ.
08 Sep 2025
ރައީސަށް ފެނިވަޑައިގަންނަވަނީ ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަން
އެމަނިކުފާނު ވަނީ ސަރުކާރާއި މަޖިލީސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނާއި ހާދިމުން ކަަން ހަނދާން ކޮށް ދެއްވަވާ އަމަލު ކުރަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
08 Sep 2025
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި
ކުރީގެ މިނިސްޓަރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މި ފަހުން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަދި ކުޅިވަރުގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވަ އެވެ.
07 Sep 2025
ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި
ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތް ކަމަށް އެމްޑީޕީން ނުދެކޭ ކަމަށާ އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށް ވެސް ނުދޭ ކަމަށް ބުނެފައިވެ އެވެ.
07 Sep 2025
ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު ފެށިގެން ފަސް ގަޑިއިރަށް ބަންދުކުރަނީ
އެފެކްސްއާ އޮޕަރޭޝަންތަކަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ވަނީ ނިންމައިފައެވެ.
07 Sep 2025
ފަހްމީގެ ޝުކުރު ރައީސް މުޢިއްޒުއަށް
ސްޓެލްކޯގެ އެކި މަޤާމުތަކުގައި މިދިޔަ 27 އަހަރު އެ ކުންފުންޏަށް ހިދުމަތް ކޮށްފައިވާ ފަހްމީ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހަވާލު ކުރައްވާ ކުންފުނި ހިންގެވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
07 Sep 2025
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިން ލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަނީ
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
07 Sep 2025
ސްޓެލްކޯގެ އެމްޑީ ކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، ހުސައިން ޝަމާހް ރަޝީދު އައްޔަންކޮށްފި އެވެ.
07 Sep 2025
ރައީސް، ގައުމީ ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފި
07 Sep 2025
ވިޔަފާރިތަކަށް މިދިޔަ އަށް މަހު 73 މިލިއަން ޑޮލަރު ވިއްކައިފި
ބީއެމްއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ޑޮލަރު ވިއްކި މިންވަރު ހުރީ މިދިޔަ އަހަރުގެ 12 މަސް ދުވަހު (މުޅި އަހަރު) ވިއްކި ޑޮލަރުގެ މިންވަރަށް ވުރެ ވެސް މަތީގަ އެވެ.
07 Sep 2025
މައުމޫްންގެ ޕޯސްޓެއް: ފުރިހަމަ ކޭތައެއްގެ ގޮތުގައި 82 މިނެޓަށް ފެންނަން ހުންނާނެ
ރައީސް މައުމޫނަކީ ފަލަކީ ޢިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެ ދާއިރާގެ ބޮޑު ޢިލްމުވެރިއެއް ވެސް މެ އެވެ. ފަލަކީ ޢިލްމާ ގުޅޭ މުހިންމު ކަންކަން އެމަނިކުފާނު ވަރަށް ގިނައިން ހިއްސާ ކުރައްވަ އެވެ.
07 Sep 2025
އޮރިޔާންކޮށް ބިރުދައްކާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި، އެތައް ބަޔަކަށް ބިރުދެއްކި
މި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) އެވެ.
06 Sep 2025
ޑްރަގާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރަނީ
ފުލުހުން ބުނީ ޝިޔާޒާގެ މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލާފައިވާ ކަމަށެވެ. އަދި އޭނާ ފުލުުުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
06 Sep 2025
ގޭންގު ކުށްތަކާބެހޭ ގާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި، ހަތިޔާރު ފެނުނު
މައްސަލައިގައި މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) ވަނީ ހައްޔަރުކޮށްފައި ކަމަށް ވެސް ބުންޏެވެ.
05 Sep 2025
ބްލޮކް ގްރާންޓް ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލާ ގޮތަށް ބަދަލު ގެންނަނީ
އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާނު ކުރައްވާފަ އެވެ.
05 Sep 2025
އަންހެނުންގެ ކޮމެޓީތަކުގެ ބަޖެޓް ދެ ގުނަ ބޮޑު ކުރަނީ
‏އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް އިންސައްތަ ދެގުނަ ބޮޑުކޮށް، 10 ދިހަ އިންސައްތައަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
05 Sep 2025
ޝަހުމުﷲ ހުރީ ރަށެއްގައި، އެކަން ފުލުހަށް އަންގައިފި
ފުލުހުން ދެންމެ ބުނީ ‏ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި ވަނީ މައުލޫމާތު ދީފައި ކަމަށާ ހާލު ރަނގަޅު ކަމަށެވެ.
05 Sep 2025
ކެންދޫ ޒުވާނަކު ގެއްލިގެން ހޯދަނީ
ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
05 Sep 2025
އަދީލްގެ އޮޓޮޕްސީ ހަދައި، 13 ދުވަސް ފަހުން ވަޅުލައިފި
ރިސޯޓެއްގައި ނިޔާވީ ކ. ގުރައިދޫ ތަނޑިރަތްމާގެ އަދީލް އަހްމަދު އެވެ. އަދީލްގެ މައްޗަށް ކަށުނަމާދުކޮށް ރޭ ފަތިސް ނަމާދަށް ފަހު ވަނީ ވަޅުލާފަ އެވެ.
05 Sep 2025
ހައިވޭގައި ޕިކަޕެއް ފުރޮޅާލައިފި، ދުއްވީ ސްޕީޑް ލިމިޓަށް ވުރެ ބާރަށް
ފުލުހުން ބުނީ ޕިިކަޕް ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާފައިވާތީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
04 Sep 2025
އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ހަދަނީ
އައްޑޫ ސިޓީގެ ލޮކޭޝަންއަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް ބެލެވޭ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
04 Sep 2025
މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުން، 15 ދުވަހުގެ ނޯޓިސް ދީފި
އެ މެންބަރުންނަށް މިހާރު އެކަން އަންގާ 15 ދުވަސް ތެރޭ މާލީ ބަޔާން ހުށައަޅަން އަންގާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
04 Sep 2025
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް، ޝީ ޖިންޕިން އާވެސް ބައްދަލު ކުރައްވާފަ އެވެ.
04 Sep 2025
ޖަމްޝީދާއި އަހުމަދު މުހައްމަދު އޭސީޕީ ރޭންކުގައި އަލުން ވަޒީފާއަށް
އެ ނިންމުމަށް އަމަލު މިކުރީ ދަށު ކޯޓްގެ ނިންމުން ދައުލަތުން ހައިކޯޓަށް ގެންގޮސް ހަައިކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނިކޮށެވެ.
03 Sep 2025
ވ. ތިނަދޫއާ ފެލިދޫގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ގާއިމުކުރަން ތިން މިލިއަން
މި ދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ (ތިންމިލިއަން އަށްލައްކަ ތިރީސްފަސްހާސް ތިންސތޭކަ އެކާވީށް ރުފިޔާ ސާޅީސްނުވަ ލާރި) އެވެ.
03 Sep 2025
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ކަޑަ ޖެހުމުގެ މަސައްކަތް ފަށައިފި
އަދި ބުނީ އިން ވަކިކޮށް ނިމޭ ބިންތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމަށް މިނިސްޓްރީން ގުޅައި އެފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާތެރޭގައި ފަށާނެ ކަމަށެވެ.