ބ. ތުޅާދޫ
30 Aug 2023
ތައުލީމެއް ނެތް މީހެކޭ ބުނާ މީހުންނަށް ގާސިމްގެ ރައްދެއް!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ އެއްވެސް ތަޢުލީމެއް ނެތް ބޭފުޅެއް ކަމަށް ބުނެ ފާޑުކިޔަމުންދާ މީހުންނަށް، އެމަނިކުފާނު ރައްދުދެއްވައިފިއެވެ.
29 Aug 2023
"ރައީސް ޞާލިހު ވެރިކަމަށް ގެނައީ އެ ނޫން ގޮތެއް ނެތީމާ"
2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ގެންނަން ގުޅިފައިވާ ކޯލިޝަނުން ނިންމީ އެ ނޫން އެހެން ގޮތެއް އޭރު ނެތުމުން ކަމަށާ، އެއީ އެމަނިކުފާނަކީ އެކަމަށް އެންމެ ގާބިލު މީހާއަށް ވީމާ ނިންމި ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ
29 Aug 2023
"އައްޑޫ ސެންޓަރު ހަދާފައިހުރީ މިލިޓަރީ ބޭސްއަކަށް ބަދަލުކުރެވޭ ގޮތަށް"
އިންޑިއާ ސަރުކާރުގެ އެހީގައި، އައްޑޫގައި ހެދި ޓްރެއިނިންގ ސެންޓަރު ހަދާފައި ވަނީ، އެމެޖެންސީ ހާލަތެއްގައި އެ ގައުމުގެ މިލިޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށާ، އެވާހަކަ ދެންނެވީ ޚުދު އެމްޑީޕީ ބައެއް މެންބަރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޢަލީ ހުސައިން އިލްތިމާސް ކުރައްވައިފި އެވެ.
29 Aug 2023
ތަރައްގީ އަކީ ލަވާޒާ ކޮފީ ތައްޓަކަށް ވެފައި މިއިންނަނީ: ޢަލީ
އައު ގަނޫނު އަސާސީއާއި އެކު ވެރިކަން ކުރަމުންދާތާ މިހާރު 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ދިވެހިރާއްޖެއިން ހަގީގީ ތަރައްގީ ނުފެންނަ ކަމަށް ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ އިންތިހާބީ އޭޖެންޓް އަދިި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
23 Aug 2023
"އިދިކޮޅު ކެންޑިޑޭޓް ދެއްކުމުން އިމްރާންގެ ބުއްދި ފިލައިފި"
ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓް ދެއްކުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުاللهގެ ބުއްދި ފިލައިފި ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
22 Aug 2023
ޤައުމު ތަރައްޤީ ވާނީ މުޅި ޤައުމު ތަރައްޤީ ކޮށްގެން: ޢިމްރާން
ޤައުމެއް ތަރައްޤީ ވާނީ އެޤައުމެއްގެ މީހުންދިރިއުޅޭ ހުރިހާތަނެއް ތަރައްޤީވެގެން ކަމަށް ދާޚިލީ ވަޒީރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
22 Aug 2023
ރާއްޖޭގައި ފަޤީރުކަން ނެތި ހިނގައްޖެ: ސިޔާމް
ވަރަށް ގިނަ ރައްޔިތުން، އިބްރާހިމް މުހައްމަދު ޞާލިހްއާއެކު އިންތިހާބު ނިމެންދެން ނުވަތަ ފަސް އަހަރުގެ ދައުރެއް ނިމެންދެން އެ މަނިކުފާނުގެ އަރިހުގައި ހުންނަވާނެތޯ ސުވާލު ކުރައްވާ ކަމަށާއި، އެފަރާތްތަކަށް ދޭން އޮތް ޖަވާބަކީ މި ހުންނެވީ ރައީސް ޞާލިޙްގެ ތަރައްގީއާއެކު ކުރިއަށް ދިއުމަށް އަތުކުރި އޮޅާލައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ސަން ޝިޔާމް) ވިދާޅުވެއްޖެއެވެ
21 Aug 2023
ޖެނުއަރީމަހުން ފެށިގެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންފި
އަންނަ އަހަރަށް ފާސްކުރެވޭ ބަޖެޓާއެކު ޖެނުއަރީމަހުން ފެށިގެން ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.