ބަޖެޓް 2023
28 Nov 2022
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފާސްކޮށްފި
2023 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓް ފާސްކޮށްފިއެވެ.
23 Nov 2022
"އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އެހެން ކިޔާނީ އަޅުގަނޑު"
2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށް ސަރުކަާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވިދާޅުވާއިރު، އެފައިން އުއްމީދޭ ކިޔައިގެން ދަރަނި އަރަންޏަށް ވަންޏާ އެންމެ ބާރަށް އުއްމީދޭ ކިޔާނީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.
21 Nov 2022
"ބަނގުރޫޓުވާ ވާހަކަ އެކިފަރާތްތަކުން ދައްކަނީ އެކި ސިޔާސީ ބޭނުމުގައި"
ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށާ އެކި ފަރާތްތަކުން އެ ވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެެއެވެ.
21 Nov 2022
ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު
ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ އެކަށީގެންވާ މިންވަރަށް ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
21 Nov 2022
"މަހުގެ މިހިސާބު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ"
މަހުގެ މިހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާވެސް ނޯންނާނެ ކަމަށާ އެމީހުން ދިރިއުޅެމުންދަނީ ސަލާން ޖަހައިގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
19 Nov 2022
160 މިލިއަން އިތުރުކޮށް ބަޖެޓު ފާސްކޮށްފި
09 Nov 2022
"މިދާ ގޮތަށް ދަންޏާ 2023 ވަނަ އަހަރު 50 ބިލިއަން ޚަރަދުވާނެ"
ސަރުކާރުން ޚަރަދުކުރާ މިންވަރު މިދާ ގޮތަށް އިތުރު ވަމުންދާނަމަ އަންނަ 2023 ވަނަ އަހަރު 50 ބިލިއަން ޚަރަދުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Nov 2022
މިއަހަރުގެ ބަޖެޓާއެކު މާލޭގެ 5000 އާއިލާއަށް ގޯތި ކަށަވަރުވާނެ: މީކާއިލް
2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓާއެކު މާލޭގެ 5000 އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.