24 Nov 2024
ވ އަތޮޅުގައި ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފަށައިފި
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އެހީ ޖަމުއިއްޔާ އަދި ވ އަތޮޅު ކައުންސިލް ގުޅިގެން، ވ އަތޮޅުގައި ނާޒުކު އަދި ދަތި ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށައިފިއެވެ.
18 Aug 2024
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ފެން ޕަމްޕަކާއި 15 ސޭފްޓީކިޓް އެހީ ޖަމިއްޔާއިންދީފި
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ފެން ޕަމްޕަކާއި 15 ފަސްޓް ރެސްޕޮންޑަރސް ސޭފްޓީ ކިޓްސް އެހީޖަމިއްޔާއިން ހަވާލުކޮށްފިއެވެ.
24 Jul 2024
އެހީ ފޯރުކޮށްދިނުމަށް އެހީ ޖަމިއްޔާއިން "އަސާސީ 365" މަޝްރޫޢު ފަށައިފި
އެހީ ޖަމިއްޔާއިން ޙާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް "އަސާސީ 365" ނަމުގައި އައު މަޝްރޫޢެއް ފަށައިފިއެވެ.
25 May 2024
އެމް.އެންޑީ.އެފް-އެފްއާރުއެސް އިން އެހީ ޖަމިއްޔާގެ އަގުވަޒަންކޮށްފި
މިއަދު އެހީ ޖަމިއްޔާއިން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމްއެންޑީއެފް-އެފްރާއެސްގެ 34 ވަނަ އަހަރީ ޖަލްސާގައި، ވޭތުވެ ދިޔަ ތިން އަހަރު އެހީ ޖަމިއްޔާއިން ފޯރުކޮށްދީފައިވާ އެހީ ފާހަގަކުރައްވާ އަގު ވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލާ އަރުވާފައިވާ ކަމަށެވެ. މި ޖަލްސާގައި އެހީ ޖަމިއްޔާގެ ފަރާތުން ބައިވެރިވެލެއްވީ ޖަމިއްޔާގެ ނައިބު ރައީސް ޙަސަން ޙަބީބެވެ.
12 May 2024
ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައްވާ ބައެއް ރަށްތަކަށް އެހީ ޖަމިއްޔާއިން ފެން ހިންދާ ޕަންޕު ފޯރުކޮށްދީފި
ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައްވާ ބައެއް ރަށްތަކަށް އެހީ ޖަމިއްޔާއިން ފެން ހިންދާ ޕަންޕު ހަދިޔާކޮށްފިއެވެ.
23 Mar 2024
ތާޖު ރިސޯޓުންނާއި އެހީ ޖަމިއްޔާ ގުޅިގެން 600 ރޯދަވީއްލުން އެކި ފަރާތްތަކަށް ބަހައިފި
ތާޖު ރިސޯޓުންނާއި އެހީ ޖަމިއްޔާ ގުޅިގެން 600 ރޯދަވީއްލުން އެކި ފަރާތްތަކަށް ބަހާލައިފިއެވެ.
08 Mar 2024
ގެއްލިފައިވާ ރޯދައިގެ ބަދަލުގަ މުއްދު ބަހަން ބޭނުންތަ؟
ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މުއްދުގެ ގޮތުގައި ފަގީރަކަށް ނުވަތަ މިސްކީނަކަށް ކެއުން ހަމަޖެއްސަން ބޭނުންވާ ފަރާތްތަކަށް އެހީ ޖަމިއްޔާ އިން އެކަން ފަހިކޮށްދީފައިވާ ކަމަށް ބުނެފި އެވެ.
04 Mar 2024
"އެހީ އިފްޠާރް"އަށް އެހީތެރިން ފޯރުކޮށްދިނުމުގެ ފުރުސަތު!
"އެހީ ޖަމިއްޔާ"ގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ "އެހީ އިފްޠާރް" ސުފުރާއަށް ތަކެއްޗާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.