އެހީ ޖަމްއިއްޔާ
29 Mar 2023
"އެހީ" އިފްޠާރް ސުފުރާއަށް ތަކެތި ހަދިޔާކުރުމަށް ވަނީ ހުޅުވާލެވިފައި
"އެހީ" ޖަމިއްޔާގެ ފަރާތުން ރަމަޟާން މަހާއި ގުޅިގެން ކުރިއަށްގެންދާ "އެހީ އިފްޠާރް" ސުފުރާއަށް ކާބޯތަކެތި ހަދިޔާކުރުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ބުނެއެވެ.
11 Feb 2023
"އެހީވާނަން" ތުއްތު އަލްސަންގެ އުއްމީދު ތަކާއި ގުޅިފައި
"އެހީ" ޖަމިއްޔާގެ ފަރާތުން ރޭ އިފްތިތާޙު ކުރި "އެހީވާނަން" ޕްރޮގްރާމަކީ ކެރިފޯރުންތެރިކަން ނެތި ޒަރޫރީ ބޭނުންތައް ފުއްދުމަށް ނުކުޅެދުންތެރި ވެފައިވާ އާއިލާތަކާއި ބައްދަލުކޮށް އެއާއިލާތަކުގެ ހާލަތު ދެނެގަނެ އޭގެން ކޮންމެ އާއިލާއެއްގެވެސް ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ގިނަބަޔަކު ބައިވެރިވެގެން ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.
11 Feb 2023
އެހީ ޖަމިއްޔާގެ ވެބްސައިޓް "އެދިހަ" އިފްތިތާޙް ކޮށްފި
ރާއްޖޭގެ އެންމެ ފުރަމަތަ އިންސާނީ އެހީ ދޭ ޖަމިއްޔާ "އެހީ" ގެ ވެބްސައިޓް އެދިހަ އިފްތިތާޙް ކޮށްފިއެވެ. ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ވެބްސައިޓް އފްތިތާޙް ކޮށްދެއްވީ އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤް އަދި "އެހީ" ޖަމިއްޔާގެ ރައީސް އަހްމަދް އިޤްބާލެވެ.
10 Feb 2023
ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މިސްކީނެއްގެ ކެއުން ހަމަޖެއްސޭނެ ގޮތެއް
ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މިސްކީނެއްގެ ކެއުން ހަމަޖެއްސޭނެ ގޮތް އެހީ ޖަމިއްޔާ އިން ފަހިކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
14 Oct 2022
ތުއްތު އަލްސަންގެ އާއިލާ އާއްމުންގެ އެހީއަށް ބޭނުންވެފައި!
ހއ. އުލިގަމުގައި ދަތިހާލުގައި ދިރިއުޅެމުންދާ ޢާއިލާގެ ތުއްތު ދަރިފުޅު، އަލްސަން، އޭނާގެ މަންމައަށްޓަކައި ކުރާ އުއްމީދުތައް ހާސިލްކޮށްދީ، މި އާއިލާ އުޅެމުންދާ ދަތި އުނދަގޫ ތަކަށް ލުުއެއް ހޯދައި ދިނުމަށް އެހީ ޖަމިއްޔާއިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
05 Sep 2022
އިހަވަންދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް 'އެހީ ޖަމިއްޔާ’ގެ އެހީތެރިކަން!
މި މަހުގެ 2 ވަނަ ދުވަހު ހއ. އިހަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް 'އެހީ ޖަމިއްޔާ' އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.