27 Sep 2023
އައްޑޫގައި ޑޮލަރު އޭޓީއެމް އެއް ގާއިމްކުރުމަށް ރައީސް ވައުދުވެޑައިގެންފި
ވެރިރަށް މާލެ އެކޭ އެއް ފަދައިން އައްޑޫގައިވެެސް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައްޔިތުން އެދެމުންދާތީ، އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.