އިލެކްޝަން ކޮމިޝަން
23 Sep 2023
ރީ ރެޖިސްޓްރޭޝަނަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ހުށަހެޅި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރީ ރެޖިސްޓަރ ކުރުމަށް ހުށަހެޅި ފޯމުތަކާއެކު ސާާފު ނޫން ފޮޓާތަކާއި މުއްދަތު ހަމަވެފައި ހުރި އައިޑީ ކާޑުވެސް ހުށަހަޅާފައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
23 Sep 2023
ނިޒާމީ ވޯޓަށް އެދުނު ބަޖެޓަށް މަޖިލީހުން އިޖާބައެއް ނުދިން
މި އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓާ ގުޅޭ ގޮތުން މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ އާންމު ވޯޓެއް ނަގަން ޖެހިއްޖެ ނަމަ އެކަމަށް ބަޖެޓު ބޭނުންވާނެ ކަމަށް ބުނި ނަމަވެސް މަޖިލީހުން އެކަމަށް އިޖާބަ ދީފައި ނުވާކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
23 Sep 2023
އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު 12 ވޯޓް ފޮއްޓެއް ބެހެއްޓޭނެ!
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފުރަތަމަ ބުރުގައި ބެހެއްޓި ވޯޓު ފޮށީގެ އިތުރުން 12 ވޯޓު ފޮއްޓެއް ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
23 Sep 2023
ނިޒާމާއި ބެހޭ ވޯޓު ނެގުމަށް އަދި ހަމަޖެހިފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު: އީސީ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަން ފެންނަނީ ބަރުލާމާނީއަށްތޯ ނުވަތަ ރިޔާސީ ނިޒާމަށްތޯ ބެލުމަށް ނެގޭ ނިޒާމީ ވޯޓު ނެގުމަށް އަދި އިލެކްޝަންސް ކޮމިޝަނުގައި މަޝްވަރާ ކުރެވިފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.
22 Sep 2023
ރީރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ރަށްވެހިވެފައިވާތަންނޫން އެހެން ތަނަކަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި މީހުން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
21 Sep 2023
ނިޒާމީ ވޯޓާއި ގުޅޭގޮތުން ސާފުކުރަންޖެހޭ ކަންކަން މަޖިލީހަށް ހުށަހަޅައިފިން: އީސީ
ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
19 Sep 2023
މިއަދުގެ ނިޔަލަށް ރީރެޖިސްޓޭޝަނަށް ހުށައެޅި ހުރިހާ ފޯމެއް ނިމޭނެ!
މިއަދުގެ ނިޔަލަށް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ ރެޖިސްޓޭޝަނަށް އެދި ހުށަހެޅި ހުރިހާ ފޯމެއްގެ މަސައްކަތް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވެއްޖެއެވެ.
19 Sep 2023
އައިފާނަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން އުޅެފި
މާލެ ސިޓީގެ ހެންވޭރު ހުޅަނގު ކައުންސިލަރ އަޙްމަދު އައިފާން އަށް ނޭނގި އޭނާ ރީ-ރަޖިސްޓަރ ކުރަން މަސައްކަތްކޮށްފިއެވެ.
18 Sep 2023
ރީ-ރެޖިސްޓޭޝަންގައި ގޯހެއް އުޅޭނަމަ، އެކަމެއް އީސީން އިސްލާޙް ކޮށްދޭނެ!
ރީ-ރެޖިސްޓޭޝަންގައި ގޯހެއް ހެދިފައިވާނަމަ އެކަމެއް އިލެކްޝަންސް ކޮމިޝަނުން ރަނގަޅު ކޮށްދޭނެ ކަމަށް އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ޙަބީބް ވިދާޅުވެއްޖެއެވެ.
18 Sep 2023
ވޯޓާރސް ލިސްޓް ޗެކްކުރުމަށް ދެ ދުވަހުގެ މުއްދަތެއް!
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކުރުމަށްފަހު އެ ލިސްޓު ޗެކްކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.