04 Jan 2023
ފިންގަރ ޕްރިންޓް ނެތީގެން ޕާޓީތަކުގެ ފޯމު ބަތިލުކުރި އަދަދު ހާމަކޮށްފި
ސިޔާސީ ޕާޓީއަށް ވަންނަން އެދޭ ފޯމުގައި ފިންގަރ ޕްރިންޓް ޖަހަން ލާޒިމްކޮށް ޤާނޫނަށް ގެނައި ބަދަލާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ފިންގަރ ޕްރިންޓް ނެތީގެން ބާތިލް ކުރަންޖެހުނު ފޯމުތަކުގެ އަދަދާއި އެ ފޯމުތައް ހުށަހެޅު ޕާޓީތައް އިއުލާން ކޮށްފިއެވެ.
03 Jan 2023
އައު ފޯމާއެކު ޕާޓީތަކުގެ މެމްބަރޝިޕް ފޯމް ހުށަހެޅުން މަދުވެއްޖެ
ސިޔާސީ ޕާޓީ ތަކަށް ވަނުމަށް ބޭނުންކުރަމުން ގެންދިޔަ ފޯމް ބަދަލުވުމާއެކު އިލެކްޝަންސް ކޮމިޝަނަށް ލިބޭ މެމްބަރޝިޕް ފޯމްގެ އަދަދު ބޮޑުތަނުން މަދުވެއްޖެ އެވެ.
20 Dec 2022
ސެކިއުރިޓީ ރޫމުގެ އިތުރުން ގުދަނަކުންވެސް ވައްކަން ކުރި: އީސީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކިއުރިޓީ ރޫމުގެ އިތުރުން ގުދަނަކުން ވެސް ވައްކަން ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އިންތިހާބަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ގެއްލިފައިވާ ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
14 Dec 2022
އިލެކްޝަން ކޮމިޝަނުގެ ރައީސް ސީޕީ ހަމީދާ ބައްދަލުކުރައްވައިފި
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީގު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާ ބައްދަލުކުރައްވައިފިއެވެ.
14 Dec 2022
ރިޔާސީ އިންތިހާބާ ގުޅިގެން އީސީން އެމްއެންޑީއެފްއާ ބައްދަލުކޮށްފި
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން، އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި އެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
13 Dec 2022
ރިޔާސީ އިންތިޚާބަށް އިލެކްޝަނުން ވަގުތީ މުވައްޒިފުން ހޯދަން ފަށައިފި
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެކި މަސައްކަތްތައް ކުރުމަށްޓަކައި ވަގުތީ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.
02 Nov 2022
ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ފާސްކޮށްފި
އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
20 Oct 2022
އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑާ ޚިލާފްވާ މަންދޫބުންނަށް ފުރުސަތު ނުދެވޭ ގޮތަށް ހަދައިފި
އިންތިޚާބުތަކުގެ ސުލޫކީ މިންގަނޑާ ޚިލާފްވާ މަންދޫބުންނާއި އޮބްޒާވަރުންނަށް ފުރުސަތު ނުދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.