އިލެކްޝަން ކޮމިޝަން
02 Mar 2023
ރިޔާސީ އިންތިހާބުގެ އިންތިހާބީ މައިމަރުކަޒަށް ދަރުބާރުގެ!
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިންތިހާބީ މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޫކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
02 Mar 2023
"އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަ ޖެހޭނެ"
ރިޔާސީ އިންތިޚާބު 2023ގައި، ލޯފަން މީހުންނަށް، އެމީހަކު އިޚްތިޔާރުކުރާ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި، އަމިއްލައަށް، ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
02 Mar 2023
ބީވީއައިއެސްއެމްއިން ސިއްރު ވޯޓުލުމުގެ ހައްގު ހޯދުމަށް ބުރަ މަސައްކަތްތަކެއް
އެހީތެރިޔަކާއި ނުލާ ލޯފަން މީހުންނަށް ސިއްރު ވޯޓުލުމުގެ ހައްގުލިބިގަތުމަށްޓަކައި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ދަނީ އިލެކްޝަން ކޮމިޝަންއާއި ރާއްޖޭގެ ސިޔާސީ ޕާޓީތައް އަދިި މީޑިޔާތަކާއި ބައްދަލު ކުރަމުންނެވެ.
28 Feb 2023
އެމްއާރްއެމްއިން 3000 މެމްބަރުން ހަމަ ކޮށްފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ މެމްބަރުންގެ އަދަދު ހަމަ ކޮށްފިއެވެ.
28 Feb 2023
ގުރައިދޫ ދާއިރާގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
26 Feb 2023
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި
ރައްޔިތުންގެ މަޖިލިހީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެޕްރީލް 15 ގައި ބާއްވަން އިލެކްޝަނުން ނިންމައިފިއެވެ.
24 Feb 2023
އެމްޑީއޭ އިން ރައީސް ޞާލިހަށް ތާއީދު ކުރަން ނިންމައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކޮށް، އެމަނިކުފާނާއިއެކު ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފިއެވެ.
13 Feb 2023
ޖާބިރު އަށް ގްރީން ޕާޓީ އުފައްދަން ހުއްދަ ދީފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީ.އާރު.ޕީގެ ވަގުތީ ލީޑަރު އަބްދުالله ޖާބިރު އަށް ގްރީން ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ.