22 Nov 2023
ބައި އިލެކްޝަންތަކުގައި އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބައެއް ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަން ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކުގައި މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުކަން ކުރުމަށް އެދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
21 Nov 2023
ރޯދައިގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން އެދިއްޖެ!
އަންނަ އަހަރު ބާއްވަން ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހުގައި އެދެފި އެވެ.
18 Nov 2023
މަޖިލީހުގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށްޓަކައި ބައި-އިލެކްޝަނެއް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
16 Nov 2023
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ނަޝާތު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، ޢަލީ ނަޝާތު ޢައްޔަން ކުރައްވައިފިއެވެ.
10 Nov 2023
ދާއިރާތަކަށް އާބާދީ ކަނޑައެޅި ގޮތުގެ ވަގުތީ ރިޕޯޓަށް ބަދަލުގެންނަނީ
ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމާފައިވާކަމަށް އެ ކޮމިޝަން ގެ ވައިސް ޗެއާމަން އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
09 Nov 2023
މަޖިލިސް އިންތިޚާބަށް ގއ ގެ ދާއިރާތައް ބެހިގޮތަށް ބަދަލު ގެނެސްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގއ. އަތޮޅުގެ ހަތަރު ދާއިރާގައި ރަށްތައް ހިމަނާފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަން ބަދަލު ގެނެސްފި އެވެ.
08 Nov 2023
ހުރިހާ ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށައަޅުއްވައިފި!
2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް ސުންގަޑިއަސް މާލީ ބަޔާން ހުށައަޅުއްވައިފައިވާ ކަަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
07 Nov 2023
ދާއިރާތަކަށް ހުށަހެޅި ޝަކުވާތަކަށް މިއަދު ޖަވާބު ދޭނެ: އީސީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބުނު ޝަކުވާތައް ދިރާސާކޮށް ނިމި އެ ޝަކުވާތަކަށް މިއަދު ޖަވާބު ފޮނުވާނެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެއްޖެއެވެ.