އިލެކްޝަން ކޮމިޝަން
27 Jan 2024
ޕްރައިމަރީ އިންތިހާބު އަމާންކަމާއި އެކު ކުރިއަށް ގެންދިޔުމަށް އެދެފި
މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އިންތިހާބު އަމާންކަމާއި އެކު ކުރިއަށް ގެންދިޔުމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެދިވަޑައިގެންފިއެވެ.
24 Jan 2024
ރޯދަ މަހު އިންތިހާބު ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހެއް
އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭގޮތަށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
23 Jan 2024
މަޖިލިސް އިންތިހާބު ބާއްވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހެއް ކަމުގައި ވިޔަސް އެދުވަސް ސަރުކާރު ބަންދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އީސީން ވިދާޅުވެއްޖެއެވެ.
22 Jan 2024
މިއަހަރު ސިޔާސީ ޕާޓީތަކަށް ފައިސާ ބެހިފައިވާގޮތް ހާމަކޮށްފި
މި ހިނގާ 2024 ވަނަ އަހަރު ރާއްޖޭގައި އުފައްދާފައިވާ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ބެހިފައިވާ ގޮތް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
22 Jan 2024
މަޖިލިސް އިންތިޚާބުގެ ވޯޓާސް ލިސްޓަށް 746 ޝަކުވާ!
އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ނިޔާވެފައި ތިބި 200 އަށްގުރެ ގިނަ މީހުންގެ ނަން ހިމެނޭތީ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
22 Jan 2024
ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީވާން ހުޅުވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި، ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓުލާން ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
20 Jan 2024
ވޯޓްލާނެ ވަގުތާއި މެދު ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާ ހޯދަނީ
ކުރިއަށްއޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ކަނޑައަޅާފައި އޮންނަ ވަގުތާއި ގުޅޭގޮތުން އަންނަ ހަފުތާގައި ޤައުމީ ލަފާދޭ ކޮމިޓީއާއި މަޝްވަރާ ކުރަން ނިންމަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
19 Jan 2024
އީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.