އިލެކްޝަން ކޮމިޝަން
17 Sep 2023
ކަންބޮޑުވުންތަކާއެކު އިދިކޮޅުން އިލެކްޝަންސް ކޮމިޝަނަށް!
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރެޖިސްޓަރ ވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާއި، އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން އިދިކޮޅު ލީޑަރޝިޕް އިލެކްޝަންސް ކޮމިޝަނަށް ދިޔުމަށް ނިންމައިފި އެވެ.
17 Sep 2023
"ރީ ރެޖިސްޓާ ވި މީހުންގެ އަދަދު މަތިވި މައްސަލަ ބަލަން ޖެހޭ"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓާރ ކުރި މީހުންގެ އަދަދު ކުއްލިއަކަށް މަތިވި މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
17 Sep 2023
"މިހާތަނަށް 1546 ރީ ރެޖިސްޓަރީ ފޯމު ރިޖެކްޓް ކުރެވިފައިވޭ"
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން ހުޅުވާލެވުނުފަހުން، މިހާތަނަށް 25,000 އަށްވުރެ ގިނަ މީހުން ވޯޓުލާން ރީ-ރެޖިސްޓާރ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
16 Sep 2023
ފުރަތަމަ ބުރުގެ ވޯޓުލީ ފޮށީގެ ލޮކޭޝަން ބަދަލުވުމުން އާންމުންނަށް އޮޅުން އަރާނެ: އާދަމް ޝަރީފް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބަހައްޓާފައިވާ ވޯޓުފޮށީތަކުގެ ލޮކޭޝަން ދެވަނަ ބުރުގައި ބަދަލުވުމަކީ އެކަމުގެ ސަބަބުން އާންމުންނަށް އޮޅުން އަރާނެ ކަމެއް ކަމުގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
16 Sep 2023
ރި ރެޖިސްޓްރޭޝަނަށް އިއްޔެ އެކަނިވެސް 9000 ފޯމު ލިބުނު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި އިއްޔެ އެކަނިވެސް 9000 ފޯމު ހުށަހަޅައިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
14 Sep 2023
ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު 408 ޒުވާނަކަށް އަލަށްލިބޭ!
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު އަލަށް ލިބޭ 408 ޒުވާނެއް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
14 Sep 2023
އިންތިހާބު ބާތިލް ކުރާކަށް ނުޖެހޭ: ފުއާދު
ރިޔާސީ އިންތިހާބުގެ ވޯޓުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކުރިއޭ ކިޔާފައި އަޑުގަދަ ކުރަންވީ ސަބަބެއް ނެތް ކަމަށް، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
14 Sep 2023
މޮނީޓަރުންނާއި މަންދޫބުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތުގައްޔާއި އަދި ވޯޓު ގުނާވަގުތު އެކަންކަން މޮނީޓަރ ކުރުމަށާއި އިބްތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.